ކުރީގެ ރައީސް މައުމޫން އުފައްދާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ވަނުމަށް ފޯމު ފުރުމުގެ ފުރުސަތު މާދާމަރެއިން ފެށިގެން ރަސްމީކޮށް ހުޅުވައިލާނެ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.

ޕީޕީއެމް އުފެއްދުމުގައި މައުމޫނާއެކު ހަރަކާތްތެރިވެ ވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ ޕީޕީއެމްއަށް ވަންނަން އެދޭ ފަރާތްތަކަށް ޕާޓީއަށް ވަނުމުގެ ފޯމް ފުރުމުގެ ރަސްމިއްޔާތު މާދާމަރޭ މާލޭގައި ބާއްވާނީ ވަރުގަދައަށް ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެނަކަށް އަދި ގަޑިއެއް ވެސް ތަނެއް ވެސް ކޮމްފޯމެއް ނުކުރެވޭ. އެކަމަކު އަޅުގަނޑުމެން ކޮންމެސް ތަނެއް ހަމަޖައްސައި މާދަމާ ރެއިން ފެށިގެން ފޯމް ފުރަން ފަށާނަން،" އިލްހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ވެސް ފޯމް ފުރުމުގެ މަސައްކަތް ކުރާނެ ތަނެއް ހަމަނުޖެހި އޮތީ ސަރުކާރުން ތަނެއް ނުދީގެން ކަމަށާއި ފޯމް ފުރުމުގެ މަސައްކަތް އިމާދުއްދީނުގައި ކުރ