ބޯހިޔާވަހިކަމުގެ މަޝްރޫގައި ހިމެނޭ 500 ހައުސިން ޔުނިޓް އެޅޭ ގޮތް ނުވުމުން 50 އަހަރަށް ގުޑް ޓްރެވަލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިން ވ. ބޮޑުމޮހޮރާގެ އެގްރިމެންޓް ބާތިލުކޮށްފި އެވެ.

ފަންސާސް ލަގްލަޒީ ވިލާ އަޅަން ވ. ބޮޑުމޮހޮރާ 50 އަހަރަށް ހައުސިން މިނިސްޓަރީން އެ ކުންފުންޏަށް ދިނީ ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއުގައި އަޅާ 10000 ހައުސިން ޔުނިޓްގެ ތެރެން އަތޮޅުތަކުގައި 500 ހައުސިން ޔުނިޓް އަޅަން ޝަތުރުކޮށްފަ އެވެ.

"އެ ކޮންޓްރެކްޓްގައި ސޮއިކުރި ދުވަހުން ފެށިގެން އެކުންފުނި ކުރަމުންދިޔަ މަސައްކަތަކީ މަޝްރޫއު ހިންގުމަށް ފައިސާ ހޯދާނެ ގޮތެއް،" ހައުސިން މިނިސްޓަރީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. އެ އޮފިޝަލު ވިދާޅުވީ ބޮޑު މޮހޮރާގެ އެގްރިމެންޓް ބާތިލު ކުރީ ހައުސިން މަޝްރޫއު އެ ކުންފުންޏަށް ހިންގޭ ގޮތް ނުވުމުން ބޮޑުމޮހޮރާގެ އެއްބަސްވުން ބާތިލުކޮށް ދިނުމަށް އަމިއްލައަށް އެދުމުން ކަމަށެވެ.

ގުޑް ޓްރެވެލްސް މޯލްޑިވްސް އިން އެގްރިމެންޓް ބާތިލުކުރަން އެދުނީ މިމަހުގެ ހަވަނަ ދުވަހު އެވެ.

ދިހަ ހާސް ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ އަތޮޅުތަކުގައި 7000 ހައުސިން ޔުނިޓް އެޅުމަށް އިއުލާން ކުރި ރިކްއެސްޓް ފޯ ޕްރޮޕޯޝަލް އަށް ގުޑް ޓްރެލަވްސް އޮފް މޯލްޑިވްސް އިން އިންސްޓް މޯލްޑިވްސް، އިކޮނޮމިކް މިނިސްޓަރީއަށް ޕްރޮމޯޝަލެއް ހުށަހެޅީ އޯގަސްޓް3، 2010ގަ އެވެ.