ރާއްޖޭގެ ލީޑިން ޕްރައިވެޓް ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުގެ މޭ އިންޓޭކްއާ ގުޅޭ ކުދިންނަށް ހުޅުވާލައިގެން ހިންގި ޕްރޮމޯޝަނުން ގުރުއަތުލައިގެން އުމްރާ ދަތުރު، އެ ކޮލެޖުގެ ދަރިވަރުން އަހުމަދު ހަފީޒް އަށް ލިބިއްޖެ އެވެ.

އެވިޑް ކޮލެޖުގެ "މާސްޓާސް އޮފް ޓީޗިންގްއިން އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން" ޕްރޮގްރާމް އިފްތިތާހް ކުރުމަށް ރޭ ސޯލްތް ކެފޭގައި ބޭއްވި ރަސްމިއްޔާތުގައި އުމްރާ ދަތުރު ލިބުނު ހަފީޒްއަށް ވަނީ އެ އިނާމް އަރުވައިފަ އެވެ.

އެ އިނާމް ހަފީޒްއަށް އަރުއްވައިފައި ވަނީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގު އެވެ.

މިއީ އެވިޑް ކޮލެޖުން ރާއްޖޭގައި ހިންގާ އެކި ކެމްޕަސްތަކަށް މޭ މަހު އެންރޯލްވީ ހުރިހާ ކުދިންގެ މެދުގައި ހިންގި ޕްރޮމޯޝަނެކެވެ.

އެވިޑް ކޮލެޖުން ބުނީ މޭ އިންޓޭކްގެ ޕްރޮމޯޝަނުގައި އުމްރާ ދަތުރެއް ދޭން ނިންމީ އެހެން ފަހަރުތަކާ ތަފާތުކޮށްލުމުގެ ގޮތުން ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެން ބޭނުންވީ މިކަހަލަ ދީނީ ކަންތައްތަކަށް ވެސް މޯޓިވޭޓް ކުރުވަން. އެވިޑް ކޮލެޖުގެ ކޯސްތައް ހިންގާ ކޮންމެ ރަށެއްގައި އައްޑު އަތޮޅުން އެޕްލައިކުރާ ކުއްޖާއަށް ވެސް މި ޕްރޮމޯޝަނަށް އެޕްލިކަބަލް ވާނެ،" އެވިޑްގެ ޗެއާމަން މުޝްތާގު ވިދާޅުވި އެވެ.