12 Jul 2018, 15:08
ވެރިކަން ކުރާ ޕީޕީއެމްއާ ދާދިފަހުން ގުޅިވަޑައިގަތް މަދަނީ އިއްތިހާދުގެ ރައީސް ޝައިހް މުހައްމަދު ދީދީއަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފިއެވެ.
މީގެ ކުރިން ވެސް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމް އަދާކޮށްފައިވާ ޝެއްހި މުހައްމަދު ދީދީ އަލުން އެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އައްޔަނުކޮށްފައިވަނީ މިއަދުއެވެ.
މުހައްމަދު ދީދީއަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އިސްލާމްދީނާއި ދީނުގެ ޝިއާރުތަކާ ދެކޮޅަށް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވެ، މަދަނީ އިއްތިހާދުގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް އުފައްދަވައިގެން ގިނަ ހަރަކާތްތަކެއް އިސްކޮށް ހުރެ ހިންގެވި ބޭފުޅެކެވެ.
ނަމަވެސް މިސަރުކާރު ކޯލިޝަންގެ ތެރޭގައި ކުރިން އޮތް އަދާލަތު ޕާޓީން ސަރުކާރަށް ކުރަމުން ދިޔަ ތާއީދު އަނބުރާ ގެންދިއުމާ ގުޅިގެން އޭނާ ހުންނެވި މަގާމުން އިސްތިއުފާ ދެއްވިއެވެ.
އަދި އޭގެ ފަހުން މުހައްމަދު ދީދީ ފެނިވަޑައިގެންނެވީ މި ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ.
މުހައްމަދު ދީދީ ޕީޕީއެމްއާ ގުޅިިވަޑައިގަތީ މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު އެ ޕާޓީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫގެ ހާޒިރުގައެވެ.