12 Jul 2018, 14:05
އިވޮލިއުޝަން ތިއަރީގައި ހުރި ފުށޫއެރުންތަކާއި ދޮގުތައް ހާމަކޮށްދިނުމުގައި ހަރަކާތްރެރިވަމުންދާ ތުރުކީގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދްނާން އޮކްތާރު ނުވަތަ އާންމު ނަމުންނަމަ ހާރުން ޔާހްޔާ ހައްޔަރުކޮށްފި އެވެ.
ތުުރުކީގެ ސަރުކާރުން ހާރޫން ހައްޔަރުކޮށްފައިވަނީ، ޖާސޫސް ކުރުމާއި އޮޅުވާލުމާއި މަނީ ލޯންޑަރިންގެ އިތުރުން މީހުންގެ ޒާތީ ކަންތައްތައް ހުއްދަނެތި ރެކޯޑްކުރުމާއި އަދި ޖިންސީ ގޯނާކުރުމުގެ ތުހުމަތުގަ އެވެ.
ތުުރުކީގެ ނޫހެއް ކަމަށްވާ ހުއްރިއްޔަތު ޑެއިލީއިން ބުނީ ހާރޫން ހައްޔަރުކުރީ ފިލަން އުޅެނިކޮށް ކަމަށެވެ. އަދި އޭނާގެ ގެއިން ހަތިޔާރާއި އަސްކަރީ ކަންކަމުގައި ބޭނުންކުރާ ވެހިކަލްތަކެއް ވެސް އަތުލައިގަތް ކަަމަށެވެ.
ހާރުންގެ އިތުރުން އޭނާއަށްް ތަބާވާ 235 މީހަކު ހައްޔަރުކުރުމުގެ އަމުރު ވެސް ތުރުކީގެ ސިފައިން ވަނީ ނެރެފަ އެވެ. އޭގެ ތެރެއިން 79 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ.
ދީނީ އިލްމުވެރިއެއް ކަމަށް ދައުވާ ކުރާ ހާރުން އަށް އެގައުމުގެ ދީނީ އިދާރާތަކުން މީގެ ކުރިން ވެސް ވަނީ ވަރަށް ބޮޑަށް ބަހުގެ ހަމަލާތަކެއް ދީފަ އެވެ.
ދުނިޔޭގެ އެހެނިހެން ދީނީ އިލްމުވެރިންނާ ހިލާފަށް ހާރުން ޔަހްޔާ އޭނާ ހުށަހަޅާދޭ ޕްރޮގްރާމަތަކުގައި ނިވާކަން ކުޑަ އަންހެނުންނާއެކީ ނެށުމާއި ލަވަކިޔުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދެއެވެ.