11 Jul 2018, 14:08
ދިރާގުގެ ޕްރީޕެއިޑް ޚިދުމަތަށް ބަދަލުތަކެއް ގެނެސް، ތަފާތު އާ އެޑްއޮން ޕެކޭޖުތަކެއް އިއުލާނުކޮށްފިއެވެ.
ދިރާގުން ބުނި ގޮތުގައި، އަލަށް ތައާރަފުކުރި ޕްރީޕެއިޑްގައި ހިމެނެނީ އެންމެ ޕްލޭނެކެވެ. އޭގެ އިތުރަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އެޑްއޮން ގަނެވޭނެއެވެ.
މިއަދު އަލަށް ތައާރަފުކުރި އާ މަންތުލީ ޑޭޓާ ބަންޑަލްތަކުގެ ތެރޭގައި ހަތް އެޑްއޮންއެއް ހިމެނެއެވެ. އެއީ 700 އެމްބީ، އެއް ޖީބީ، 2.5 ޖީބީ، 3.5 ޖީބީ، ފަސް ޖީބީ، 10 ޖީބީ އަދި 25 ޖީބީގެ އެޑްއޮންއެވެ. ޑޭޓާއާ އެކު ފޭސްބުކް، ވައިބާ އަދި ވަޓްސްއެޕް ބޭނުންކުރަން ހިލޭ ޑޭޓާ ލިބޭނެއެވެ. މި ބަންޑަލްތަކުގެ އަގު އުޅެނީ 115 ރުފިޔާއާ 1،175 ރުފިޔާއާ ދެމެދުގައެވެ.
މީގެ އިތުރުން ވޮއިސް އެޑްއޮން، އެސްއެމްއެސް އެޑްއޮން އަދި މިނީ ޑޭޓާ ބަންޑަލްތަކެއްވެސް މިއަދު ވަނީ ތަޢާރަފުކޮށްފައެވެ.
ދިރާގުން ބުނީ މި ޑޭޓާ ބަންޑަލްތަކުގެ ޔޫސްއޭޖް 90 ޕަސަންޓާ ހަމަވުމުން ނޯޓިފިކޭޝަން މެސެޖެއް ދާނެ ކަމަށެވެ.
އަދި ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު އެޑް އޮންތައް ބައްލަވައިގަނެ، ރިލޯޑް ކޮށް، ބެލެންސް ޗެކްކޮށް އަދި ދިރާގު ޕްރީޕެއިޑް ހިދުމަތް މެނޭޖް ކުރެވޭނެއެވެ.
ދިރާގު އާ ޕްރީޕެއިޑްގެ އިތުރު މައުލޫމާތު،ދިރާގު ވެބްސައިޓުމެދުވެރިކޮށް ލިބޭނެއެވެ.