ކަންގަނާ ރަނައުތު އަދި ރާޖްކުމާރު ރާއޯގެ ކުރިއަށް އޮތް ފިލްމު "މެންޓަލް ހޭ ކިޔާ"ގެ ޝޫޓިން މުޅިން ނިންމާލައިިފިއެވެ.

ފިލްމުގެ އެންމެ ފަހު މަންޒަރުތައް ނަގައިފައި ވަނީ ލަންޑަންގައެވެ. ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.

ކަނިކާ ޑިލޯން ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ޕްރަކާޝް ކޮވެލާމުޑީ ޑައިރެކްޓުކޮށްފައިވާ "މެންޓަލް ހޭ ކިޔާ" ޕްރޮޑިއުސް ކޮށްފައި ވަނީ އެކްތާ ކަޕޫރެވެ.

ކަންގަނާ އާއި ރާޖްކުމާރު ވަނީ މީގެ ކުރިން 2014 ވަނަ އަހަރު ރިލީޒް ކުރި ބްލޮކްބަސްޓާ ފިލްމު "ކުއީން" ގައި އެކުގައި މަސައްކަތް ކޮށްފައެވެ. އެހެންކަމުން މިއީ ދެމީހުން އެކުގައި ފެނިގެންދާނެ ދެވަނަ ފަހަރެވެ.

"މެންޓަލް ހޭ ކިޔާ" ގެ ގިނަ ޕޯސްޓަރު ތަކެއް މިހާރު ބެލުންތެރިންނާ ހަމައަށް އައިސްފައި ވާއިރު، މިއީ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ.