ސާޖިދު ޚާން ޑައިރެކްޓްކޮށް އުފައްދާ ފްރެންޗައިޒް ފިލްމު "ހައުސްފުލް 4" ގެ ޝޫޓިން އަންގާރަ ދުވަހު ފަށައިފިއެވެ.

ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުކް އަދި ބޮބީ ޑިއޯލް އެވެ. އަކްޝޭ ވަނީ ޓުވިޓާ މެދުވެރިކޮށް ފިލްމުގެ ޝޫޓިން ފެށިގެން ޔަގީންކޮށްދީފައެވެ.

އަކްޝޭ ބުނެފައި ވަނީ އެ ސީރީޒްގެ އެހެން ފިލްމުތަކަށް ވުރެ "ހައުސްފުލް 4" ހަތަރު ގުނަ މަޖާވާނެ ކަމަށެވެ. އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ފިލްމު ރިލީޒް ކުރަން ނިންމައިފައި ވާއިރު، ފިލްމުގެ ކާސްޓުގެ ތެރޭގައި ޗަންކީ ޕާންޑޭ، ބޯމާން އިރާނީ، ކްރިތީ ސެނަން އަދި ޕޫޖާ ހެޖް ހިމެނެ އެވެ.

"ހައުސްފުލް 3" ރިލީޒްކުރީ 2016 ވަނަ އަހަރުއެވެ. 'ހައުސްފުލް'ގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ.

''ހައުސްފުލް''ގެ ފުރަތަމަ ބައިން ފެނިގެން ގޮސްފައި ވަނީ އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުކް، ދީޕިކާ ޕަދުކޯން، އަރްޖުން ރާމްޕާލް، ލާރާ ދައްތާ، ޖިއާ ޚާން އަދި ބޮމަން އިރާނީ އެވެ.

''ހައުސްފުލް 2'' އަދި ''ހައުސްފުލް 3'' އިން ފެނިގެން ދިޔައީ އަކްޝޭ އާއި ރިތޭޝްގެ އިތުރުން، އާސިން، ޖެކްލީން ފާނަންޑޭޒް، ޒަރީން ޚާން، ޝްރެޔާސް ތަލްޕާޑޭ، ޖޯން އަބްރަހަމް، މިތުން ޗަކްރަބޯޓީ، އަބީޝެން ބައްޗަން، ލީސާ ހޭޑަން އަދި ނަރްގިސް ފަޚްރީ އެވެ.