11 Jul 2018, 00:33
އެެމެރިކާއާއި ދުނިޔޭގެ އެހެނިހެން ގައުމުތަކާ ގުޅުންތައް ރަނގަޅު ކުރުމުގެ ގޮތުން އެގައުމުން ދެމުންގެންދާ ފުލްބްރައިޓް ސްކޮލަޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އެމެރިކާ ސަރުކާރުން ދީފައިވާ ފުލްބްރައިޓް ސްކޮލަޝިޕްގެ ދަށުން ކަނޑައަޅާފައިވާ ވަކި ދާއިރާތަކަކުން މާސްޓާސް ޑިގްރީއަށް ކިޔެވުމަށް ފުރުސަތު ރާއްޖޭގެ ދެ ކުއްޖަކަށް ހުޅުވާލައިފައިވާ ކަަމށެވެ.
ސްކޮލަޝިޕްގެ ދަށުން ކިޔެވުމަށް ހުޅުވާލައިފައިވާ ދާއިރާތަކުގެ ތެރޭގައި ލިޓްރެޗާ، އިކޮނޮމިކްސް، ހިސްޓްރީ، ލިންގްއިސްޓިކްސް، ޕޮލިޓިކަލަށް ސައިންސް، އިންޓަނޭޝަނަލް ރިލޭޝަންސް، މާސް ކޮމިޔުނިކޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ސޯޝިއަލަޖީ، އެންތުރޮޕޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފައިނޭންޝިއަލް މެނޭޖްމަންޓްގެ އިތުރުން ޖެންޑާ ސްޓަޑީސް އަދި ވިމެންސް ސްޓަޑީސް ހިމެނެއެވެ.
ފުލްބްރައިޓް ސްކޮލަޝިޕަށް ކުރިމަތިލުމުގެެ ޝަރުުތުތަކުގެ ތެރޭގައި އުމުރުން 24 އަހަރާއި 30 އަހަރުގެ މީހަކަށް ވުމާއި އަދި ގުޅޭ ދާއިރާއަކުން ބެޗެލާސް ޑިގްރީއެއް ހާސިލްކޮށްފައި އޮތުން ހިމެނެއެވެ.
އެ ސްކޮލަޝިޕަށް ކުރިމަތިލާން ޝައުުގުވެރިވާ ފަރާތްތަކުންއެޕްލިކޭޝަން ފޯމާއިއެހެނިހެން ލިޔުންތައް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުށަހަޅުއްވަން ޖެހޭނެ ކަމަށް ޑީއެޗްއީން ބުންޏެވެ.