13 Sep 2011, 16:43
އިނގިރޭސި ވިލާތުގެ އައިލްސް އޮފް މޭންގައި ކުރިއަށްދާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރިވި ރާއްޖޭގެ ތިން އެތުލީޓުންގެ ތެރެއިން ދެ އެތުލީޓަކު ވާދަކޮށް ބައިވެރިވި އިވެންޓުތަކުން ކަޓައިފިއެވެ.
ރާއްޖެއިން އިއްޔެ ވާދަކުރީ ބެޑްމިންޓަންގެ ސިންގަލްސް އަދި މިކްސް ޑަބަލްސް އިވެންޓު ތަކުގައެވެ.
ބެންޑްމިންޓަން ސިންގަލްސްގެ ގަދަ 16 ގައި ރާއްޖޭގެ މުހައްމަދު ޝަބީން ވާދަކޮށް ވަނީ ބަލިވެފައެވެ. ދެ ސެޓުން ބަލިވެ ޝަބީން މުބާރާތުން ކެޓީ މެލޭޝިއާގެ ޖޫ ވެން ސޫންގް އާއި ވާދަކޮށެވެ. ބެޑްމިންޓަން މިކްސް ޑަބަލްސްގައި ވާދަކުރި ޝަބީން އާއި ޝުހެއިލާ ހުސެއިން ކެނެޑާ ޕެއާ އަތުން ވެސް ބަލީވީ ދެ ސެޓުންނެވެ.
ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ބައިވެރިވި އަނެއް އިވެންޓަކީ ފެތުމުގެ އިވެންޓުތަކެވެ. ރާއްޖޭގެ އިބްރާހިމް ނިޝާމް ބައިވެރިވީ ފެތުމުގެ ފިރިހެން ބައިގެ 100 މީޓަރު ފްރީ ސްޓައިލާއި 50 މީޓަރު ބެކްސްޓްރޯކުގެ އިތުރުން 50 މީޓަރު ފްރީ ސްޓައިލުގައެވެ.