Back
Nov 24, 2025 SUN
SUN

ކުޑަކުއްޖާއާ ކައިވެނި ކުރި މެލޭޝިއާ މީހާ 450 ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުއްޖާއާ ކައިވެނި ކުރި މެލޭޝިއާ މީހާ 450 ޑޮލަރުން ޖޫރިމަނާކޮށްފި
Lead photo

ކުއަލަލަމްޕޫރު(ޖުލައި 10): އެގާރަ އަހަރުގެ އަންހެން ކުއްޖަކާ ކައިވެނި ކުރި މެލޭޝިއާގެ ފިރިހެން މީހާ 450 ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

އުމުރުން 41 އަހަރުގެ އަބްދުލް ކަރީމް އަބްދުލް ހަމީދުގެ މައްޗަށް ޝަރީއާ ކޯޓަކުން ވަނީ އެކޯޓުގެ ހުއްދައާ ނުލައި ކައިވެނި ކުރުމުގެ ދައުވާކޮށްފައެވެ. އަދި އެދައުވާ ސާބިތުވުމުން އޭނާގެ މައްޗަށް ހަ މަހުގެ ޖަލު ހުކުމެއް ކުރެވެން އޮތް ނަމަވެސް ކޯޓުން ނިންމީ އޭނާ ޖޫރިމަނާ ކުރާށެވެ.

އެމައްސަލައާ ގުޅިގެން ހަމީދުގެ މައްޗަށް ކުޑަ ކުއްޖަކާ ކައިވެނި ކުރުމުގެ ދައުވާކޮށްފައި ނުވާތީ ގިނަ އަދަދެއްގެ މީހުން ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ.

މެލޭޝިއާގެ ގާނޫނު އަސާސީގައިވާ ގޮތުން އެގައުމުގެ ރައްޔިތުންނަށް ކައިވެނި ކުރެވޭނީ 18 އަހަރުވުމަށް ފަހުގައެވެ. ނަމަވެސް އެގައުމުގެ ދީނީ ކޯޓުތަކުގެ ހުއްދައާ އެކު 16 އަހަރުން ދަށުގެ ކުދިންނަށް ކައިވެނި ކުރެވޭނެއެވެ.

މެލޭޝިއާގެ މީޑިއާތަކުގައިވާ ގޮތުން އެކުއްޖާގެ މައިންބަފައިންނަކީ ތައިލޭންޑުގެ މީހުންނެވެ. ނަމަވެސް އެމީހުންނަކީ މެލޭޝިއާގައި މަސައްކަތް ކުރާ، ފަގީރު ބައެކެވެ.

އަދި އެފިރިހެން މީހާއަކީ މުއްސަނދި ވިޔަފާރިވެރިއެއް ކަމަށާއި އޭނާގެ ދެ އަނބިންނާއި ހަ ކުދިން ތިބި ކަމަށް ވެސް ބައެއް ރިޕޯޓުތަކުގައިވެ އެވެ. އެކުއްޖާގެ އާއިލާއިން ބުނި ގޮތުގައި އެކައިވެންޏަށް އެއްބަސްވީ، އެކުއްޖާއަށް 16 އަހަރުވަންދެން އެއާއިލާއާ އެކު ދިރިއުޅުމަށް ހުއްދަ ދިނުމަށް ފިރިހެންމީހާ އެއްބަސްވުމުންނެވެ.

މެލޭޝިއާގެ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2010 ވަނަ އަހަރު އެގައުމުގެ 15،000 ކުޑަކުދިން ކައިވެނިކުރި އެވެ. (ބީބީސީ)

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics