ހާޑްވެއާގެ ސާމާނު ވިއްކުމުގެ ވިޔަފާރީގައި ތަޖުރިބާކާރު އެލިއާ އިންވެސްޓުމެންޓުން އެ ކުންފުނީގެ އިތުރު ފިހާރައެއް މާފަންނުގައި ހުޅުވައިފި އެވެ.

މާފަންނު މަޖީދީމަގު ފިނިޕާކު ކައިރީ ހުޅުވި މި ފިހާރަ ހުޅުއްވައި ދެއްވީ އެލިއާ އިންވެސްމެންޓްސްގެ މެނޭޖިންގް ޑިރެކްޓަރު އަލާއު އަލީ އެވެ.

އެލިއާގެ އާ ފިހާރައެއް މާފަންނުގައި ހުޅުވުން --- ފޮޓޯ: އެލިއާ

މިފިހާރައިން ދަގަނޑުގެ ތަފާތު ބާވަތްތަކާއި ޕީވީސީގެ އެކި ވައްތަރުތަކުގެ އިތުރުން ހާޑްވެއާ ސާމާނު ލިބެންހުންނާނެ ކަމަށް އެލިއާ އިން ބުނެ އެވެ. މީގެ އިތުރުން މިފިހާރައިން ދުނިޔޭގެ ނަން މަޝްހޫރު ކޯލާ ބްރޭންޑްގެ ސެނިޓަރީ ޕްރޮޑަކްޓްސް އާއި ދުނިޔޭގެ އެންމެ މަގުބޫލު އައުޓްބޯޑު ބްރޭންޑު، ޔަމަހާގެ ސްޕެއާ ޕާޓްސް ވެސް މި ފިހާރައިން ލިބޭނެ އެވެ.

އެލިއާގެ އާ ފިހާރައެއް މާފަންނުގައި ހުޅުވުން --- ފޮޓޯ: އެލިއާ

މި އަހަރަކީ އެލިއާގެ ވިޔަފާރިއަށް 54 އަހަރު ފުރޭ އަހަރު ކަމަށްވުމުން މި ކަމާ ގުޅުވައިގެން ތަފާތު ހަރަކާތްތައް ހިންގަން އެލިއާ އިން ވަނީ ނިންމައިފަ އެވެ.

އެލިއާ އިން ހުޅުވި އާ ފިހާރައަކީ ކަސްޓަމަރުންނާގާތުން ހިދުމަތް ފޯރު ކޮށްދިނުމަށް ކުރާ މަސައްކަތުގެ ބޮޅެއް ކަމަށް އެކުންފުނިން ބުނެ އެވެ.

އެލިއާގެ އާ ފިހާރައެއް މާފަންނުގައި ހުޅުވުން --- ފޮޓޯ: އެލިއާ

ފިހާރަ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން 12:00 އަށް، މެންދުރު 1:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00އިން 10:00އަށެވެ.