Back
Nov 24, 2025 SUN
SUN

ޝަހީމަކީ ރަނިންމޭޓަކަށް އެންމެ ރަނގަޅު ހޮވުން: ޑރ. މުނީޒާ

ޝަހީމަކީ ރަނިންމޭޓަކަށް އެންމެ ރަނގަޅު ހޮވުން: ޑރ. މުނީޒާ
Lead photo

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށް އިސްލާމިކް ފައިނޭންސިން ދާއިރާގައި ނުފޫޒުގަފަ ކަނބަލެއް ކަމަށް ޑރ. އާއިޝަތު މުނީޒާ ވިދާޅުވެއްޖެއެވެ.

ޑރ. މުނީޒާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޝަހީމަކީ ވަރަށް ރަނގަޅު ހޮވުމެއް ކަމަށާއި ޝަހީމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި އެކަމަނާ ހުންނެވީ ޝަހީމާ އެކު ކަމަށް ވަނީ ވިދާޅުވެފައެވެ.

ޑރ. މުނީޒާއަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ބައިނަލްއަގްވާމީ އެތައް އެވޯޑެއް ހާސިލް ކުރައްވާފައިވާ ބޭކަނބަލެކެވެ. އަދި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް މުނީޒާ ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ޑރ. މުނީޒާގެ އިތުރުން ރާއްޖޭގެ ކެބިނެޓްގެ މިނިސްޓަރުންނާއި އަދި ސިޔާސީ މައިދާނުގައި ފުންނާބު އިސް ވެރިންވަނީ ޑރ. ޝަހީމަށް މަރުހަބާ ދަންނަވާފައެވެ. އަދި އޭގެ އިތުރުން ބައެއް ދީނީ އިލްމްވެރިންވެސް ވަނީ ޑރ. ޝަހީމަށް ތާއިދު ކުރައްވަން ނިންމަވާފައެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics