09 Jul 2018, 20:16
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވުމުން އެކަމަށް ސައުދީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބަދުރް އަލީ އަހްމަދު އަލްކަހައިލް މަރުހަބާ ވިދާޅުވެއްޖެއެވެ.
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމް ފުރުއްވަމުން ގެންދަވާ ޑރ. ޝަހީމް، ރަނިންމޭޓަކަށް އައްޔަންކުރުމަށް ރައީސް ޔާމީން ނިންމަވައި، އެކަން ޕީޕީއެމްގެ ކައުންސިލަށް ހުށަހެޅުމާ ގުޅިގެން އެ ކައުންސިލްގެ އިއްތިފާގުން ވަނީ އެކަމުގައި މައްސަލައެއް ނެތް ކަމަށް ފާސްކޮށްފައިވަނީ ހޮނިހިރުދުވަހުގެ ރެއެވެ.
ސައުދީ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގާތް އަހު ޝަހީމަށް މަރުހަބާ ދަންނަވާ ކަމަށާއި އަދި އިންތިހާބުގައި ކާމިޔާބީ ލިބުމަށް އެދޭ ކަމަށެވެ.
ابارك لأخي معالي الدكتور محمد شهيم بمناسبة ترشيحه من قبل الحزب التقدمي المالديفي لمنصب نائب رئيس جمهورية المالديف في الانتخابات الرئاسية القادمة، أسأل الله ان يعين معاليه ويسدده وينفع به.pic.twitter.com/iYqr7ReLmh
— م. بدر الكحيل (@BaderAlkahail)July 9, 2018
ޝަހީމަކީ ސައުދީ އަރަބިއްޔާ އަދި މުޅި އިސްލާމީ އުންމަތުގައި ހިމެނޭ ގައުމުތަކުގެ މެދުގައި މަގުބޫލު ބޭފުޅެކެވެ. އެމަނިކުފާނަކީ އިސްލާމީ ލީޑަރުންނާއި ގާތް ގުޅުން ބާއްވާ އެ ބޭފުޅުންގެ އިތުބާރު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ޝަހީމް ވަނީ މުހިންމު މައްސަލަ ތަކުގައި ރާއްޖެއާ އިސްލާމީ ގައުމުތަކާއި ދެމެދު މަޝްވަރާ ބަދަލު ކުރުމުގައި މީގެ ކުރިން މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.