ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިންގް މޭޓުގެ މަގާމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ޗާންސެލަރުގެ މަގާމުން އިސްތިއުފާ ނުދެއްވާން ނިންމައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޝަހީމް ވިދާޅުވީ، ރަނިންގް މޭޓުކަމަށް އޭނާ އައްޔަނުކުރައްވާފައި ވާތީ، ޗާންސެލަރުކަމުން އިސްތިއުފާ ދެއްވާނެކަން މީގެ ކުރިން އިއުލާނުކުރައްވާފައި އޮތް ނަމަވެސް، އިސްތިއުފާ ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، ޝަހީމުގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ.

ޝަހީމް ވިދާޅުވީ ރައީސްގެ އެދިވަޑައިގަތުމުގެ މަތިން ޗާންސެލަރުގެ މަގާމުގައި ދެމިހުރުމުގައި ގާނޫނީ މައްސަލައެއް ނެތްކަމަށް ބަންޑާރަ ނައިބު ވެސް ލަފާ ދެއްވާފައިވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ ރަނިންގް މޭޓުގެ މަސައްކަތުގައި އުޅުއްވި ނަމަވެސް، އެޑްވައިޒަރީ މަގާމެއްގެ ގޮތުގައި ޗާންސެލަރުކަން އަދާކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި މިއަދު އިސްލާމިކް ޔުނިވާސިޓީ ހިންގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވައިސް ޗާންސެލަރަކު އައްޔަނުކުރާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަނުކުރައްވާފައިވަނީ އަލްއުސްތާޒާ އާއިޝާ ޚަލީލާ އަބްދުލްސައްތާރެވެ.

ތަފްސީލު އަންނަނީ