Back
Nov 24, 2025 SUN
SUN

އަމީން އާންމުގެ ނައިބު ނިއުޝާ އަމީން އާންމުގެ މަގާމަށް

އަމީން އާންމުގެ ނައިބު ނިއުޝާ އަމީން އާންމުގެ މަގާމަށް
Lead photo

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އަމީން އާންމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި މިހާރު މަޖިލީހުގެ އަމީން އާންމުގެ ނައިބެއްގެ ގޮތުން މަސައްކަތް ކުރައްވާ ފާތިމަތު ނިއުޝާ އެ މަގާމަށް ކުރިމަތިއް ލައްވައިފިއެވެ.

އަމީން އާންމު މަގާމަށް ކުރިމަތި ލެއްވީވެސް ހަމަ އެކަނި ނިއުޝާ އެވެ. ނިއުޝާގެ ވަނަވަރު މަޖިލީހުގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފައެވެ.

ނިއުޝާއަކީ މަޖިލީހުގެ ލީގަލް ކައުންސިލުގެ މަގާމު ހަތަރު އަހަރު އަދާކުރައްވާފައިވާ ފަރާތެކެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން މިއަދާ ޖެހެންދެން މަޖިލީހުގެ އަމީން އާންމު ކަމުގެ ނައިބުގެ މަގާމު ގެންދަވަނީ އަދާ ކުރައްވަމުންނެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި އަމީން އާންމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ވަނީ އެޖެންޑާ ކޮށްފައެވެ. މަޖިލިސް ފަށަން ނުވައެއް ޖަހާއިރަށް ތާވަލު ކުރި ނަމަވެސް މިހާރު ފަށަން ހަމަޖެހިފައިވަނީ 11 ޖަހާއިރު އެވެ.

މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލީ މިދިއަ މަހުގެ 12 ވަނަ ދުވަހުއެވެ.

އަމީން އާންމުގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 35،000 ރުފިޔާއެވެ. އޭގެ އިތުރުން ލިވިންގް އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު، ފޯނު އެލަވަންސްގެ ގޮތުގައި 5،000 ރުފިޔާ ލިބެއެވެ.

އަމީން އާންމުކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވުމާއި އަދި އުމުރުން 25 އަހަރުވެފައިވުން ހިމެނެއެވެ.

އަމީން އާންމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާބެހޭ ކަންތައްތައް ހަމަޖައްސައި، ލިޔެކިޔުންތައް ބަލަހެއްޓުމުގެ އިތުރުން އިދާރީ މަސައްކަތްތައް ރާވައި ހިންގުމާއި، މަޖިލީހުގެ ރައީސަށާއި މެންބަރުންނަށް އެމީހުންގެ މަސައްކަތުގައި އެހީތެރިވުން ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އަމީން އާންމު ކަމުގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު މުހައްމަދު އިސްތިއުފާދެއްވީ މިދިއަ ފެބުރުއަރީ މަހު އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics