ދިލްޖީތު ދޯސަންޖު އަދި ކްރިތީ ސެނަން ލީޑު ރޯލުތަކުން ފެނިގެންދާ ފިލްމު "އަރްޖުން ޕަޓިއާލާ"ގެ ޝޫޓިން ނިންމާލައިފި އެވެ.

ފިލްމުގެ ޝޫޓިން ނިމުނުކަން ހާމަކުރީ ފިލްމުގައި މުހިންމު ރޯލަކުން ފެނިގެންދާ އެކްޓަރު ވަރުން ޝަރްމާ ކުރި ޓުވީޓެއްގަ އެވެ.

ރޯހިތު ޖަގްރާޖް ޑައިރކްޓުކޮށް، ޓީސީރީޒްގެ ބުޝަން ކުމާރު އަދި މެޑޮކް ފިލްމްސްގެ ދިނޭޝް ވިޖަން ޕްރޮޑިއުސް ކުރާ "އަރްޖުން ޕަޓިއާލާ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ

އެއީ ކޮމެޑީ ފިލްމެކެވެ. ފިލްމުގެ ދިލްޖީތު ފެނިގެންދާނީ ފުލުހެއްގެ ރޯލުންނެވެ. އަދި ކްރިތީ ފެނިގެންދާނީ ނޫސްވެރިއެއްގެ ގޮތުގަ އެވެ.

ފިލްމުގައި ޚާއްސަ ރޯލަކުން ބަތަލާ ސަނީ ލިއޯލީ ވެސް ފެނިގެންދާނެ އެވެ.