ސަލްމާން ޚާނާއި ކެޓްރީނާ ކެއިފް ލީޑު ރޯލުން ފެނިގެންދާ "ޓައިގާ ޒިންދާ ހޭ"ގެ ތިންވަނަ ބައެއް ހަދާނެ ކަމަށް ބޭރުގެ ޚަބަރުތައް ބުނެފިއެވެ.

ޓައިގާ ޒިންދާހޭގެ ސީކުއެލް އެއް ވަނީ މިދިޔަ އަހަރު ގެނެސްދީފައެވެ. "ޓައިގާ ޒިންދާ ހޭ"ގެ ނަމުން އެ ސީކުއަލް ގެނެސްދީފައިވާއިރު ފިލްމުގެ ތިންވަނަ ބަޔަކީ "ޓައިގާ" ކަމަށް ގިނަ ޚަބަރުތައް ބުނެއެވެ.

ފިލްމުގެ ސީކުއަލް ހަދާކަމުގެ ޚަބަރު ބާރަށް ފެތުރެމުން އައި ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

"އޭކް ދަ ޓައިގާ" ނެރެފައިވަނީވަނީ 2012 ވަނަ އަހަރުގައެވެ. ސަލްމާން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ފިލްމު "ބާރަތު"ގެ މަސައްކަތެވެ.