08 Jul 2018, 23:05
"ބޮޑު ބަނޑޭރީން" ގެ ނަމުގައި ފިނޭސް މިނިސްޓްރިީގެ ތާރީހާއި އެވުޒާރާ ހިންގެވި ބޭފުޅުންގެ ތާރީހު އެކުލެވޭ ފޮތެއް މިއަދު ނެރެފިއެވެ.
ފިނޭންސް މިނިސްޓްރީގެ ޓްރޭނިންރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތް ނެރެދެއްވީ އެ މިނިސްޓްރީއަށް ގިނަ ގުނަ ހިދުމަތް ތަކެއް ކޮށްދެއްވާފައިވާ އަދި އެ މިނިސްޓްރީގެ އެންމެ ފުރަތަމަ ޕާމަނަންޓް ސެކްރެޓަރީ އިސްމާއީލް ޝަފީގެވެ.

"ބޮޑު ބަންޑޭރީން" ގެ ނަމުގައި ފިނޭސް މިނިސްޓްރިީގެ ތާރީހާއި އެވުޒާރާ ހިންގެވި ބޭފުޅުންގެ ތާރީހު އެކުލެވޭ ފޮތް --- ފޮޓޯ/ ފިނޭސް މިނިސްޓްރީ
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނަންވަރު ވިދާޅުވީ، މި ފޮތުގެ ސަބަބުން ފިނޭންސް މިނިސްޓްރީގެ ތާރީހާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށާއި ހާއްސަކޮށް މިނިސްޓްރީ ހިންގެވި ބޭފުޅުންނާއި އެބޭފުޅުން ކުރެއްވެވި އަގުހުރި މަސައްކަތްޕުޅުގެ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.

"ބޮޑު ބަންޑޭރީން" ގެ ނަމުގައި ފިނޭސް މިނިސްޓްރިީގެ ތާރީހާއި އެވުޒާރާ ހިންގެވި ބޭފުޅުންގެ ތާރީހު އެކުލެވޭ ފޮތް ނެރުމުގެ ތެރެއިން--- ފޮޓޯ/ ފިނޭސް މިނިސްޓްރީ
މިނިސްޓަރު ވިދާޅުވީ، މިފަދަ ފޮތެއް އެކުލަވައިލުމުގެ މައިގަނޑު މަގުސަދަކީ ގައުމުގެ މާލީ ވުޒާރާ ހިންގެވުމުގެ މުހިންމު މަސްއޫލިއްޔަތެއް އަދާކުރެއްވި ބޭފުޅުން ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުންކަމަށާއި އަންނަނިވި ޖީލް ތަކަށްޓަކައި އެބޭބޭފުޅުންގެ ހަނދާނާއި ޒިކުރާ އާކުރުން ކަމަށެވެ.