ދިވެހި ބަސް ކުރިއެރުވުމަށް ދިވެހި ބަހުގެ އެކެޑަމީން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން އެ އެކެޑަމީގެ ދިރާސީ ކުތުބު ހާނާ ސުމޭކް ނުވަތަ އޮންލައިންކޮށް ބެލޭނެގޮތް ހަދައިފިއެވެ.

ތިރީސް ތިން ވަނަ ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތް އިފްތިތާހް ކުރުމަށް މިއަދު ހެނދުނު ޕޮލިޓެކްނިކްގައި ބޭއްވި ރަސްމިއްޔާތުގައި، ފައްވާރުގެ ނަމުގައި މިއަދު ވަނީ އޮންލައިން ވެބްސައިޓެއް އިފްތިތާހުކޮށްފައެވެ.

އެ ވެބްސައިޓް އިފްތިތާހް ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

ފައްވާރާ ބެހޭގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ އެ އެކެޑަމީން އެ ވެބްސައިޓް އިފްތިތާހް ކުރީ ބަހާއި ތާރިޙާއި ސަގާފަތުގެ ދާއިރާއިން ބަހުގެ އެކެޑަމީގެ ކުތުުބުހާނާގައި ހުރި ހުރިހާ އެއްޗެއް އާންމު ރައްޔިތުންނަށް ފަސޭހައިން ސުމޭކު ގޮތަށް ކިޔޭނެގޮތަށް ބައްޓަން ކުރުމަށް ކަމަށެވެ.

''އިރާދަ ކުރައްވިއްޔާ ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި ލައިބްރަރީގައި ހުރި އެހެން ތާރީހާ ސަގާފަތާ އެހެން ދެން ހުރިހާ ފޮތެއްވެސް އޮންލައިންކޮށް ކިޔޭނެގޮތް މަގުފަހިކޮށްދޭނަން. މިއީ ވަރަށް މުހިންމު ފިޔަވަޅެއް. އެ އެޅުނީ އަޅުގަނޑުމެންނަށް ބަހުގެ މައުލޫމާތުގެ ހަޒާނާ ކުދިންނަށް އިތުރަށް މުއްސަނދިވެ ކިޔުންތެރިކަމަށް ކުދިން ޝައުގުޖެހި ތަފާތު ލިޔުންތެރިކަމުގެ ބާވަތްތައް ކުދިންނަށް ފަސޭހައިން ލިޔުމައްޓަކައި ނުލިބިގެން ދެން އުޅޭކަށް ނުޖެހޭނެ." އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ، ފައްވާރުގައި ހަމައެކަނި ފަތްތޫރަ ހިމެނޭ ބައިންވެސް ވަރަށް ގިނަ މައުލޫމާތު ތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 6000 އަކަށް ޑޮކިއުމަންޓް މިހާރުވެސް ލިޔުމުގެ ގޮތުގައި ހުންނާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތާނގައި ވަރަށް ފުރިހަމައަށް ދިވެހި ބަހުގެ ދާއިރާގެ އެކި ރޮނގުރޮނގުގެެ މައުލޫމާތު ލިބޭނެ ވެބްސައިޓަކަށް އެ ވެބްސައިޓް ވެގެން ދާނެ ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.