Last Updated: 7 year 5 month ago

މިދިޔަ މަހުގެ 23ގައި ތައިލޭންޑުގެ ތަމް ލުއަންގް ހޮހޮޅައިގައި ތާށިވި 12 ކުދިންނާއި އެކުދިންގެ ފުޓުބޯޅަ ޓީމުގެ ކޯޗު ސަލާމަތް ކުރަން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ވަނީ މިއަދު ކާމިޔާބުކަމާއެކު ނިންމާލާފައިއެވެ.

އެހުރިހާ ކުދިންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އެކުދިން ސަލާމަތް ކުރުމުގައި ތައިލޭންޑުގެ ސިފައިންގެ އިތުރުން ބޭރު ގައުމުތަކުގެ މާހިރުންވެސް ބައިވެރިވިއެވެ.
އެއޮޕަރޭޝަނުގައި ތައިލޭންޑުގެ ޑައިވަރެއް ކަމަށްވާ ސަމަން ގުނަން ވަނީ މަރުވެފައެވެ.
ހޮހޮޅައިގައި ތިބި ޑޮކްޓަރާއި ތިން ނޭވީ ސިފައިން ވެސް ހޮހޮޅައިން ނުކުމެއްޖެ. އެހެންކަމުން 12 ކުދިންނާއި އެކުދިންގެ ކޯޗު ސަލާމަތް ކުރަން ފެށި މިޝަން ވަނީ ނިމުމަކަށް އައިސްފައި.

ތައިލޭންޑުގެ ހޮހޮޅައިގައި އެންމެ ފަހުން ތިބި ނޭވީ ސިފައިންވެސް މިހާރު ވަނީ ހޮހޮޅައިން ނުކުމެފައި -- ފޮޓޯ: ތައި ނޭވީ ސީލްސް
ހޮހޮޅައިގައި ބާކީ ތިބީ އެކުދިންނަށް ފަރުވާ ދިން ޑޮކްޓަރާއި ތިން ނޭވީ ސިފައިން.
ހޮހޮޅައިގައި ހުރި އެންމެ ފަހު ކުއްޖާ ނެރެފި.
އިތުރު ދެ ކުއްޖަކު ހޮހޮޅައިން ސަލާމަތްކޮށްފި. މިހާރު ހޮހޮޅައިގައި ދެން ތިބީ ދެ ކުއްޖަކާއި އެކުދިން ނިސްބަތްވާ ފުޓުބޯޅަ ޓީމުގެ ކޯޗު.
ފާއިތުވި ދެ ދުވަސް ތެރޭގައި ހޮހޮޅައިން ނެރުނު އަށް ކުދިންގެ ހާލު ރަނގަޅު ކަމަށް ތައިލޭންޑުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައި
އެކުދިންގެ ހާލު ބެލުމަށްޓަކައި ހޮހޮޅައިގައި މަޑުކުރި ޑޮކްޓަރާއި ތިން ސިފައިންވެސް މިއަދު ހޮހޮޅައިން ނުކުންނާނެ ކަމަށް އޮސަޓަނަކޯން ވިދާޅުވި.
މިއަދު ހުރިހާ ކަމެއް ރަނގަޅަށް ގޮސްފި ނަމަ ހޮހޮޅައިގައި ތިބި ހަތަރު ކުދިންނާއި އެކުދިން ނިސްބަތްވާ ފުޓްބޯޅަ ޓީމުގެ ކޯޗު އެއް ފަހަރާ ނެރެވޭނެ ކަމަށް ރެސްކިއު މިޝަންގައި އިސްކޮށް ހުންނަވާ ނަރޮންގްސަކް އޮސަޓަނަކޯން ވިދާޅުވި
ހޮހޮޅައިގައި ބާކީ ތިބި ކުދިން ސަލާމަތް ކުރުމަށް މިއަދު ކުރިއަށްގެންދާ އޮޕަރޭޝަން ފެށުނީ ތައިލޭންޑުގެ ގަޑިން ހެނދުނު 10:08ގައި
މިހާރު ހޮހޮޅައިގައި ސަލާމަތްނުވެ ތިބީ ހަތަރު ކުއްޖަކާއި، އެ ކުދިން ނިސްބަތްވާ ފުޓުބޯޅަ ޓީމުގެ ކޯޗު.
އިއްޔެ ސަލާމަތްކުރި ހަތަރު ކުދިންނާ އެކު މިހާތަނަށް ހޮހޮޅައިން ވަނީ ޖުމްލަ އަށް ކުއްޖަކު ސަލާމަތްކޮށްފައި.
ހޮހޮޅައިން ކުދިން ސަލާމަތްކުރުމުގެ މަަސައްކަތް މިއަދަށް ނިންމާލި އިރު، ބާކީ ތިބި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ދެން ކުރާނީ މާދަމާ ކަމަށް ބެލެވޭ.

ތަމް ލުއަންގް ހޮހޮޅަ ކައިރީ އެމްބިއުލާންސެއް -- ފޮޓޯ: ގެޓީ
ހޮހޮޅައިން ކުދިން ސަލާމަތްކުރުމުގެ މަސައްކަތް މިއަދަށް މެދުކަނޑާލައިފި. އޮޕަރޭޝަން މެދުކަނޑަލީ މިއަދު ވެސް ހަތަރު ކުއްޖަކު ސަލާމަތްކޮށްފައި. މިއަދު ސަލާމަތްކުރި ކުދިންގެ ހާލު ރަނގަޅުކަމަށް ޚަބަރުތައް ބުނޭ.
މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ސީއެންއެންގައިވާ ގޮތުން ރެސްކިއު އޮޕަރޭޝަން މިހާރު ވަނީ އަނެއްކާވެސް މެދުކަނޑާލާފައި.

ތަމް ލުއަންގް ހޮހޮޅަ ކައިރިއަށް މީހުން އެއްވެފައި -- ފޮޓޯ: ގެޓީ
އަށް ކުދިން ހޮހޮޅައިން ނެރުމުން، ހޮހޮޅައިގައި ބާކީ ތިބީ ހަތަރު ކުދިންނާއި އެކުދިންގެ ކޯޗު.
ހޮހޮޅައިގައި ތިބި ކުދިން ސަލާމަތް ކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަނާ ބެހޭ ގޮތުން ތައިލޭންޑުގެ އޮފިޝަލުން ރަސްމީކޮށް މައުލޫމާތު ނުދެއްވާ. ނަމަވެސް މަންޒަރު ދުށް ފަރާތްތަކުން ވަނީ މިއަދު ހަތަރު ކުދިން ހޮހޮޅައިން ނެރެފައިވާ ކަަމަށާއި، އެހެންކަމުން ސަލާމަތް ކުރެވުނު ކުދިންގެ އަދަދު އަށަކަށް އަރާފައިވާ ކަމަށް ބުނެފައި.
ރެސްކިއު އޮޕަރޭޝަނާ ގުޅުން ހުރި ފަރާތަކާ ހަވާލާދީ ސީއެންއެންއިން ވަނީ އިތުރު ދެ ކުއްޖަކު ހޮހޮޅައިން ނެރެފި ކަމަށް ރިޕޯޓްކޮށްފައި. އަދި ހޮހޮޅައިގައި މިހާރު ބާކީ ތިބީ ފަސް ކުދިންނާއި އެކުދިންގެ ފުޓުބޯޅަ ޓީމުގެ ކޯޗު.
ފަސް ވަނަ ކުއްޖަކު ހޮހޮޅައިން ނެރެފި ކަމަށް ތައި ނޭވީ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ބުނެފި
މަންޒަރު ދުށް މީހަކާ ހަވާލައިދީ ރޮއިޓާސްއިން ރިޕޯޓުކުރާ ގޮތުގައި މީގެ އިރުކޮޅެއް ކުރިން ހޮހޮޅައިގެ ތެރެއިން މީހަކު ނެރެ، ސްޓްރެޗަރަކަށް ލައިގެން އެމްބިއުލާންސަކަށް ވަނީ އަރުވާފައި. ނަމަވެސް އެމްބިއުލާންސަށް އެރުވީ ކާކު ކަމެއް ސާފެއް ނުވޭ.
އިއްޔެ ސަލާމަތްކުރި ހަތަރު ކުދިންގެ ހާލު ރަނގަޅު. ނަމަވެސް އިންފެކްޝަނެއް ފެތުރުމުގެ ބިރު އޮތުމުން، އެކުދިންގެ އާއިލާއާ ބައްދަލު ކުރުމަށް އަދި ހުއްދަ ދީފައި ނުވާ ކަމަށް އޮފިޝަލުން ވިދާޅުވޭ
ހޮހޮޅައިގައި ބާކީ ތިބި ކުދިން ސަލާމަތް ކުރަން ޑައިވަަރުން ހޮހޮޅައަށް ވަނީ މިއަދު ތައިލޭންޑުގެ ގަޑިން 11:00ގައި. އިއްޔެ ހަތަރު ކުދިން ހޮހޮޅައިން ނެރުނީ ނުވަ ގަޑި އިރުގެ މަސައްކަތުން.
""ކަންބޮޑުވާން ޖެހޭ މިންވަރަކަށް ހޮހޮޅައިގައި ފެނެއް ނެތް. އިއްޔެ ވެހުނު ވާރޭގެ ސަބަބުން ހޮހޮޅައިގައި ފެންގަނޑު ހުރި މިންވަރަށް ބަދަލެއް ނާދޭ،" ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި އިސްކޮށް ހުންނަވާ ނަރޮންގްސަކް އޮސަޓަނަކޯން ވިދާޅުވި.
ތައިލޭންޑުގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި މިއަދުގެ އޮޕަރޭޝަން ވެސް ކުރިއަށް ގެންދާނީ އިއްޔެގެ އޮޕަރޭޝަނުގައި ބައިވެރިވި ޑައިވަރުން.
ތައިލޭންޑުގެ ފަސް ޑައިވަރުންނާއި ބޭރުގެ 13 ޑައިވަރުން ހިމެނޭ ޓީމަކުން އިއްޔެ ވަނީ ހަތަރު ކުދިން ހޮހޮޅައިން ބޭރަށް ނެރެފައި. މިހާރު ހޮހޮޅައިގައި ބާކީ ތިބީ އަށް ކުދިންނާއި އެކުދިންގެ ކޯޗު.
ތައި ނޭވީ އޮފިޝަލަކާ ހަވާލާދީ ސީއެންއެންގައި ވާ ގޮތުން ހޮހޮޅައިގައި ބާކީ ތިބި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް އަނެއްކާވެސް ވަނީ ފަށާފައި.
"އޮޕަރޭޝަން ވަނީ ފަށާފައި. މިހާރު އެބަ ކުރިއަށްދޭ،" ނޭވީ އޮފިސަރު ވިދާޅުވި ކަމަށް ސީއެންއެންގައި ވޭ
ކުދިން ސަލާމަތްކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި.
ކުދިން ސަލާމަތްކުރުމުގައި ބޭނުންކުރާ އޮކްސިޖަން ފުޅިތައް ހުސްވެ ޑައިވަރުންތައް ވަރުބަލިވެގެން މަސައްކަތް ވަނީ ހުއްޓާލައިފައި.
ދެން އެ މަސައްކަތް ފަށާނީ މާދަމާ ހެނދުނު 8:00 ގައި
ކުދިން ސަލާމަތްކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި.
ކުދިން ސަލާމަތްކުރުމުގައި ބޭނުންކުރާ އޮކްސިޖަން ފުޅިތައް ހުސްވެ ޑައިވަރުންތައް ވަރުބަލިވެގެން މަސައްކަތް ވަނީ ހުއްޓާލައިފައި.
ދެން އެ މަސައްކަތް ފަށާނީ މާދަމާ ހެނދުނު 8:00 ގައި
ކުދިން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ސްޕެޝަލް ފޯސާސް އިން މިހާރު ދަނީ އޮކްސިޖަން ޓޭންކްތައް ބަދަލުކުރަމުން
ހުރިހާ ކުދިން ސަލާމަތްކުރުމަށް 10- 20 ގަޑިއިރު ހޭދަވާނެ ކަމަށް ލަފާކުރެވޭ
ސަލާމަތް ކުރި ކުދިންގެ ތެރެއިން، އެެއް ކުއްޖެއްގެ ހާލަތު ދަނީ ވަރަށް ރަނގަޅަށް މޮނީޓާ ކުރަމުން
ކުދިން ސަލާމަތްކުރީ ކިހިނެތް ކަމެއް އަދިވެސް ހާމައެއް ނުކުރޭ
ހޮހޮޅައިން ކުދިން ސަލާމަތް ކުރުމަށް އެމެރިކާގެ ސަރުކާރުން ދަނީ ތައިލެންޑްގެ ސަރުކާރަށް އެހީތެރިވެދެމުން

ތިން އެމްބިއުލެންސް ހޮހޮޅަކައިރިން ހިނގައްޖެ
