14:30


މާލޭގައި ހިންގަމުންދާ ސިލްސިލާ މަރާމާރީ ތަކާ ގުޅިގެން ފުލުހުން ހައްޔަރު ކުރި 40 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ ހުރިހާ ކުޑަކުދިންގެ އިތުރުން ބައެއް މީހުން ދޫކޮށްލައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ސިލްސިލާކޮށް މާލެ ތެރޭގައި ހިންގަމުންދިޔަ މާރާމާރީ ތަކާ ގުޅިގެން ހައްޔަރުކުރި މީހުންތަކުގެ ތެރޭ ހިމެނޭ މީހުންގެ ތެރެއިން ދޫކޮށްލި މީހުން ހައްޔަރު ކޮށްފައިވަނީ މާރާމާރީ އެއް ރާވާ ހިންގަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ. ދޫކޮށްލީ ކިހާ މީހުން ކަމެއް ވިދާޅުނުވެ، ފުލުހުންގެ އޮފިޝަލު ވިދާޅުވީ ހައްޔަރުކުރި މީހުންގެތެރޭ ހިމެނޭ ހަ ކުޑަކުދިން ދޫކޮށްލާފައިވާ ކަމަށެވެ.


މާލެތެރޭ އުޅޭ ގްރޫޕްތަކުގެ މެދުގައި ހިންގާ ސިލްސިލާ މާރާމާރީތަކުގައި ވޭތުވެދިޔަ ހަފްތާއެއްހާ ދުވަސްތެރޭ، ފަސް މީހަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފަ އެވެ. އަދި އޭގެ ތެރޭގައި ކުޑަކުއްޖެއްވެސް ހިމެނެ އެވެ.