08 Jul 2018, 08:57
އެމެރިކާގެ ރައީސްގެ ފަރާތްޕުޅުން ފޮނުއްވާ ޚާޢްސަ މަންދޫބެއްގެ ގޮތުގައި އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ މިހާރު ހުންނެވީ ނޯތު ކޮރެއާގައެވެ.
އެ ދަތުުރުފުޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފަރާތްޕުޅުން ކޮރެއާގެ ލީޑަރު ކިމް ޖޮންއުންއަށް ޚާއްސަ ހަދިޔާއެއް ސެކްރެޓަރީ އޮފް ސްޓޭޓުގެ ހަވާލުގައި ފޮނުއްވިއެވެ. އެގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ އެލްޓަން ޖޯންގެ "ދަ ރޮކެޓް މޭން" ލަވަ ހިމެނޭ އަލްބަމެވެ.
ޓީއެމްޒީ އިން ބުނާގޮތުން ޓްރަމްޕުގެ ފަރާތުން ކިމްއަށް މި ހަދިޔާ ފޮނުއްވާފައި މިވަނީ ސިންގަޕޫރުގައި ދެބޭފުޅުން ބޭއްވެވި ތާރީޚީ ބައްދަލުވުމުގައި އެލްޓަން ޖޯން އާ ގުޅޭގޮތުން ކިމް ޓްރަމްޕުގެ އަރިހުން ސުވާލު ކުރައްވާފައި ވަނިކޮށެވެ.
މިއީ ދެބޭފުޅުންގެ ދެމެދުގައި، އަދި ގެގައުމުގެ ދެމެދުގައި އޮތް ގުޅުން ލަވައިގެ ތެރެއިން ބަދަހިކޮށް ސަމިޓުގެ ހަނދާން އާކޮށް އަދި މީގެކުރިން އެމެރިކާއަށް ރޮކެޓް ހަމަލާ ދޭނެ ކަމަށް ނޯތު ކޮރެއާއިން ބުނެފައިވާތީ އެކަމުގެ ހަނދާން އާ ކުރުމަށް ފޮނުވި ހަދިޔާ އަކަށް ވުންވެސް އެކަށީގެންވެއެވެ.
ސީޑީ އާއެކު ޓްރަމްޕު ވަނީ ކިމްއަށް ޚާއްސަ މެސެޖެއްވެސް ފޮނުއްވައިފައެވެ. މީގެ ތަފްސީލު އާންމު ކޮށްފައިނުވި ނަމަވެސް އެއާފޯސް ވަންގެ މުވައްޒަފުންނާ ބައްދަލު ކުރައްވައި ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވީ ކިމް އަކީ ކޮރެއާގެ ކުރިމަގު ބަދަލުކޮށްލާނެ ލީޑަރެއް ކަމަށާއި އެކަންވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.