"ޖުރެސިކް ވޯލްޑް: ދަ ފޯލެން އޮފް ކިންޑަމް"އަށް ލިބުނު އާމްދަނީ ބިލިއަން ޑޮލަރަށްް އަރައިފިއެވެ.

ޖުރެސިކް ފްރެންޗައިޒްގެ ފަސްވަނަ ފިލްމު ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދާފައިވާއިރު، މި ފިލްމު ރިލީޒްކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

މި ފިލްމަކީ 2015 ވަނަ އަހަރު ނެރުނު ޖުރެސިކް ވޯލްޑްގެ ސީކުއެލް އެކެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ރިސް ޕްރެޓް،ބްރައިސް ޑެލަސް ހޮވާޑް، ޖަސްޓިސް ސުމިތް އަދި ޖޭމްސް ކްރޮމްވެލްގެ އާއި ޓޯބީ ޖޯން ފަދަ ތަރިންނެވެ.

މިއީ މިއަހަރުގެ މިހާތަނަށް ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދި ތިން ވަނަ ފިލްމެވެ. އެވެންޖާސް އިންފިނިޓީ ވާ އާއި ބްލެކް ޕެންތާ ވަނީ މިއަހަރު ރިލީޒްކުރި މިލްމުތަކުގެ ތެރެއިން ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދައިފައެވެ.

ޔުނިވާސަލްގެ އިތުރު ފްރެންޗައިޒް ތަކަށް ބަލާއިރު ފާސްޓް އެންޑް ފިއުރިއަސް އާއި ޑެސްޕިކަބްލް މީ ވަނީ ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި ލިސްޓަށް އަރައިފައެވެ.