Back
Nov 24, 2025 SUN
SUN

މޫސުން ގޯސްވުމުގެ ސަބަބުން ވިލި މުއައްސަސާ ކަޕްގެ ފެށުން ފަސްކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން ވިލި މުއައްސަސާ ކަޕްގެ ފެށުން ފަސްކޮށްފި
Lead photo

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ވިލިމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުޒުކީ މެރިން ވިލި މުއައްސަސާ ކަޕް 2018ގެ ފެށުން، މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.

މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް އެ ރަސްމިއްޔާތު މާދަމާ ރެއަށް ފަސްކޮށްފައިވާ ކަމަށް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއެވެ.

މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެފައިވަނީ މުބާރާތް ފެށުން ފަސްކުރުމާ ގުޅިގެން ޓީމުތަކަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި، މާދަމާ ރޭ މުބާރާތް ފެށުން ކުރިއަށްދާނީ ކުލަގަދަކޮށް ކަމަށެވެ. އެގޮތުން މާދަމާ ރޭގެ ރަސްމިއްޔާތުގައި މުބާރާތުގެ އެންޓަޓައިންމަންޓް ޕާޓްނަރ، ބިދަބިންގެ ހުށަހެޅުންތައް ފެނިގެންދާ އިރު، ރާއްޖޭގެ ކުރީގެ ފުޓުބޯޅަ ލެޖެންޑެއްގެ އިތުރުން މިހާރުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިއަކުވެސް ބައިވެރިވާނެ ކަމަށް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއެވެ.

މިއަހަރުގެ މުބާރާތުގައި 13 ޓީމު ބައިވެރިވެފައިވާ އިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.

ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އަދި ދެވަނައަށް ދާ އަށް ޓީމު، މުބާރާތުގެ ކުއާޓާއަށް ދަތުރުކުރާ އިރު، ގްރޫޕް ސްޓޭޖުން ކަޓާނީ ފަސް ޓީމެކެވެ.

މުބާރާތުގައި ބައިވެރިވުމަށް ކޮންމެ އަހަރަކު ވެސް ހާއްސަ ދެ ޓީމަކަށް ދައުވަތުދޭ އިރު، މި އަހަރުގެ މުބާރާތުގައި ދައުވަތު ދީގެން ބައިވެރިވި ދެ ޓީމަކީ ވިލިޖޯލި (މޯލްޑިވިއަން ރެޑް ކްރަސެންޓް) އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޓީމެވެ.

ވިލި މުއައްސަސާ ކަޕްގެ ގްރޫޕްތައް:

ގްރޫޕް އޭ:މޯލްޑިވްސް ގޭސް (އެންމެފަހުގެ ޗެމްޕިއަން)، ކްލަބު ވެމްކޯ، އެމްޓީސީސީ، ސްޓެލްކޯ ވިލިމާލެ

ގްރޫޕް ބީ:އެމްއާރްސީސީ ކޯސްޓްގާޑް، ދިރާގު، އެސްޓީއޯ

ގްރޫޕް ސީ:ވިލިމާލެ ޕޮލިސް، ޔޫތު އެންޑް ސްޕޯޓްސް، ވިލިޖޯލި

ގްރޫޕް ޑީ:އެފްސީ ވިލިމާލެ ހިޔާ، އުރީދޫ މޯލްޑިވްސް، އެމްޑަބްލިއުއެސްސީ ވިލިމާލެ

ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރު ވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ނުވަ ޓީމަކުން ބައިވެރިވެފައިވާ އިރު، ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.

މި އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics