ސްޓާ ޕްލަސްއިން ދައްކަމުން އަންނަ ހިންދީ ޑްރާމާ ސިލްސިލާ "ޔޭ ހޭ މޮހޮއްބަތައިން"ގެ ބަތަލާ އިޝިތާ (އަސްލު ނަން: ދިވްޔަންކާ ޓްރިޕާތީ) އާއި އޭނާގެ ފިރިމީހާ ވިވެކް ދާހިޔާ ރާއްޖެއަށް އައިސްފިއެވެ.

މިއަދު ހެނދުނު ދެ ތަރިން ރާއްޖެ އައިސްފައިވަނީ ޗުއްޓީ ހޭދަކޮށްލާށެވެ. އެ ދެތަރިން ރާއްޖޭގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ހިއްސާކުރަމުންނެވެ.

ޖުމެއިރާ ވިޓާވެލި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދާ ދެ ތަރިން ރާއްޖެ އައިސްފައިވަނީ އެ ދެމީހުންގެ ކައިވެނީގެ ދެ ވަނަ އަހަރީ ދުވަސް ފާހަގަކުރާށެވެ.

ދިވްޔަންކާ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއް---

ދިވްޔަންކާ އަކީ "ޔޭ ހޭ މޮހޮއްބަތައިން"ގެ މައި ތަރިއެވެ. އޭނާގެ ފިރިމީހާ ވިވެކް ވަނީ ކުރިން އެ ޑްރާމާ ސީރީޒްގެ ބައެއް ވެސް ކުޅެފައެވެ.

ދިވެހިންގެ މެދުގައިވެސް ނުހަނު މަގްބޫލް އެ ޑްރާމާ ސިލްސިލާގެ ދެ ތަރިން ކައިވެނިކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ އަށް ވަނަ ދުވަހުއެވެ.

ވިވެކް މިހާރު މަސައްކަތް ކުރަމުން އަންނީ މަސައްކަތަކީ ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ސިލްސިލާ "ގަޔާމަތު ކީ ރާތު"ގައެވެ.