ސްމާޓް ފޯނު ވިއްކައިގެން ސެމްސަންގުން ހޯދަމުން އައި ރިކޯޑް އަދަދުގެ ފައިދާ ދަށްވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސެމްސަންގުން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން އެ ކުންފުންޏަށް އަހަރުގެ ދެވަނަ ކުއާޓާގައި ރެވެނިއުގެ ގޮތުގައި ލިބިފައިވަނީ 13.2 ބިލިއަން ޑޮލަރެވެ. އޮޕަރޭޓިން ޕްރޮފިޓުގެ ގޮތުގައި 51.8 ބިލިއަން ލިބިފައިވާއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 0.7 ޕަސެންޓުގެ ދަށް އަދަދެކެވެ.

ސެމްސަންގުގެ ކުއާޓާލީ ފައިދާ ދަށްވެފައިވަނީ އެ ކުންފުނީގެ އެންމެ ފަހުގެ ފޯނު ގެލެކްސީ އެސް9ގެ ފޯނުތައް ހީކުރިހާ ބާރަށް ވިކެމުން ނުދާތީއެވެ. ގެލެކްސީ އެސް3 ގެ ފަހުން އެސް9 އަކީ އެންމެ ސޭލްސް ދަށް މޮޑެލް ކަމަށް ސެމްސަންގުން ވަނީ ބުނެފައެވެ.

އެސް9 ގެ 31 މިލިއަން ފޯނު ވިއްކާފައިވާއިރު 2016 ވަނަ އަހަރު ސެމްސަންގުން ނެރުނު އެސް7 ފޯނަކީ މިހާތަނަށް އެކުންފުނިން އެންމެ ބޮޑު ފައިދާ އަކާއެކު އެންމެ ގިނަ ފޯނު ވިއްކުނު މޮޑެލްއެވެ. އެސް7 ގެ 50 މިލިއަން ޔުނިޓް ވަނީ ވިއްކައިފައެވެ.