ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ބާހުބަލީ"ގެ ދެ ފިލްމެއް ގެނެސްދީ، އެ ފިލްމުގެ ވެބް ސީރީޒެއް ނެޓްފްލިކްސް އިން ގެނެސްދިނުމަށް ނިންމައިފިއެވެ.

ވެބް ސީރީޒްގައި ގެނެސްދޭނީ ކުރިން ނިކުތް ދެ ފިލްމުގައި ގެނެސްދިން ހާދިސާތަކުގެ ކުރިން ހިނގާފައިވާ ވާހަކަތައް ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ބާހޫބަލީ އަކީ ތަފާތު ޕްރޮޖެކްޓެއް. އާދަޔާ ހިލާދު ބުރަ މަސައްކަތެއް އެއީ،"

ފިލްމުގެ އަންހެން ބަތަލާގެ ރޯލުން ފެނިގެންދިޔައީ ރާމިއާ ކްރިޝްނަން އެވެ. އޭނާ ވެބް ސީރީޒް އިން ފެނިގެންދާނީ އޭނާގެ ވެރިކަމުގައި ހިންގާ ނުފޫޒު ގަދަ ހާދިސާތަކެވެ.

ދޭވާ ކައްޓާ ޑައިރެކްޓްކުރާ އެ ވެބް ސީރީޒް އަވަސް މުސްތަގްބަލެއްގައި ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

"ބާހޫބަލީ"ގެ ވެބް ސީރީޒްގައި ހަރަކާތްތެރިވާނެ ތަރިންނެއް އަދި އިއުލާން ކޮށްފައެއްނުވެއެވެ.