06 Jul 2018, 11:17
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިމަހުގެ 13 ވަނަ ދުވަހު އިނގިރޭސިވިލާތަށް ކުރައްވަން ހަމަޖެހިފައިވާ ރަސްމިީ ދަތުރުފުޅާ ދިމާކޮށް، އިނގިރޭސިވިލާތުގެ ސިޓީއެއް ކަމަށްވާ ޝެފިލްޑްއަށް ވަނުން ޓްރަމްޕްއަށް މަނާކޮށްފިއެވެ.
ޝެފީލްޑްގެ ސްޓޭޓް ކައުންސިލްގެ ބައްދަލަވުމުގައި އެ ސިޓީގެ މޭޔަރު މާޖިދު މާޖިދު ވަނީ ޓްރަމްޕް ޝެފީލްޑަށް ވަނުން މަނާ ކުރިކަން އިއުލާންކުރައްވައިފައެވެ.
މާޖިދު، ވަނީ ޓްރަމްޕަކީ ބޭކާރު، އެއްވެސް ތާކުންތާކު ނުޖެހޭ މީހެއްގެ ގޮތުގައި ސިފަކޮށް، "ވޭސްޓްމޭން" ލިޔެފައިވާ ޓީޝާޓެއް ލައިގެން ހުރެ ނަންގަވާފައިވާ ފޮޓޯއެއް ޓުވީޓްކުރައްވައިފައެވެ. އަދި ޓްރަމްޕަކީ ނަސްލީ ތަފާތު ކުރުންތައް ގެންގުޅޭ މީހެއް ކަމަށް މާޖިދު ވަނީ ވިދާޅުވެފައެވެ.
I Magid Magid, Lord Mayor & first citizen of this city hereby declare that not only is Donald J Trump (@realDonaldTrump) a WASTEMAN, but he is also henceforth banned from the great city of Sheffield!
I further declare July 13th to be Mexico Solidarity Day! ????????pic.twitter.com/qYehdHYDEt— ????MΛG!D (@MagicMagid)July 4, 2018
ދާދި ފަހުން އެމެރިކާގެ ސަރުކާރުން އެގައުމަށް ގަވާއިދާ ހިލާފަށް އެތެރެވާ ހިޖުރަވެރިންނާއި އެމީހުންގެ ދަރިން ވަކި ކުރުމަށް އެމެރިކާ އިން އަމަލުކުރަން ފެށި ސިޔާސަތުތަކަށާއި އަދި ގުދުސްގެ މައްސަލައިގައި މާޖިދު ވަނީ ޓްރަމްޕްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޝެފީލްޑްއަށް ޓްރަމްޕް ވަނުން މަނާކުރި ނަމަވެސް، ކައުންސިލްގެ ނިންމުމުގައި ގާނޫނީ ހައިސިއްޔަތެއް ނެތުމުން ޓްރަމްޕް އެ ސިޓީއަށް ވަނުން މަނައެއް ނުކުރެވޭނެއެވެ.
ޓްރަމްޕް އިގިރޭސިވިލާތަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ރާނީ އަދި ބޮޑުވަޒީރު ތެރީސާ މޭއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެން ނަމަވެސް ޓްރަމްޕް ޝެފީލްޑްގައި މަޑުކުރެވުން ނާދިރު ކަމަށް މާހިރުން ބުނެއެވެ.
(ބީބީސީ)