05 Jul 2018, 19:06
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް މިހާރު ކުރިއަށް ދާ ބޮޑު މަޝްރޫއުގެ މަސައްކަތްތަކެއް ކުރުމުގެ ގޮތުން ހުޅުލޭގެ ނެރު ބަންދުކުރަން ނިންމައިފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ނެރުނު އިއުލާންގައި ބުނީ އެއާޕޯޓްގެ މަސައްކަތް ކުރުމުގެ ގޮތުން އަންނަ އާދިއްތަ ދުވަހު ހުޅުލޭގެ ދެކުނު ނެރު ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން އުޅަނދުފަހަރު ހުޅުލެފަޅަށް ވަނުމަށް އަލަށް ހަދާފައިވާ ނެރު ބޭނުންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން މިދިޔަ އެޕްރީލް މަހު ވަނީ އެއާޕޯޓް ގައި އަލަށް އަޅާ ރަންވޭ އެޅުމަށް ބޭނުންވާ ތިން ތާރު ފަށަލައިގެ ތެރެއިން ރަންވޭގެ އުތުރުގައި އަޅާ ފުރަތަމަ ތާރު ފަށަލަ އަޅައި ނިންމާލައިފައެވެ.
އާ ރަންވޭގެ ތާރު އެޅުމުގެ އިތުރުން މިހާރުގެ ރަންވޭއާ ގުޅާލުމަށް ޕެރަލަލްކޮށް ޓެކްސީވޭ އާއި ޝޯލްޑާގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.