05 Jul 2018, 20:45
ދިވެހި ބޭހުގެ ހިދުމަތް މާލޭގައިދޭ ކްލިނިކެއް ކަމަށްވާ ސެންޓަރ ފޯރ ޓްރެޑިޝަނަލް މެޑިސިންގެ (ސީޓީއެމް) ގެ ފަރާތުން ހދ. ކުޅުދުއްފުށީގައި މެޑިކަލް ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.
ސީޓީއެމްގެ ސީނިއަރ ޓްރެޑިޝަނަލް ފްރެކްޓިޝަނަރ މުހައްމަދު އަހުމަދު ސަން އަށް ވިދާޅުވީ ކުޅުދުއްފުށީގައި ބާއްވާ މެޑިކަލް ކޭމްޕް އޮންނާނީ މިމަހުގެ 25 އިން 31 އަށް ކަމަށެވެ.
އެ ކޭމްޕް ބޭއްވުމަށް ހަމަޖައްސައިފައިވަނީ ކުޅުދުއްފުށީ ގަހަނާ ގޭގައެވެ.
އަހުމަދު ވިދާޅުވީ އެ ކޭމްޕްގައި ފަރުވާ ދެމުންގެންދާނީ ސީޓީއެމް ކްލިނިކްގައި ފަރުވާ ދެމުންގެންދާ އަގަށް ވުރެ 50 ރުފިޔާ އަގުހެޔޮކޮށް ކަމަށެވެ. ކްލިނިކްގައި މިހާރު ބަލިމީހުން ބެލުމަށް ނަގަނީ 200 ރުފިޔާއެވެ.
އަހުމަދު ވިދާޅުވީ އެ ކޭމްޕްގައި ފަރުވާ ދިނުމުގައި އާންމުންނަށް ވީހާވެސް ފަސޭހަވާނެ ގޮތަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
''ކޭމްޕަށް ވަޑައިގަތުުމުގެ ކުރިން ގުޅައިގެން އެޕޮއިންޓްމަންޓް ހެއްދޭނެ. އެޕޮއިންޓްމަންޓް ނަހަދާ އަޔަސް ބަލިމީހުން ބަލާނެ. ދެން އެއްގެއެއްގަ ދިރިއުޅޭ މީހުން ވަކިވަކިން އަންނަން ވެއްޖެނަމަ އުނދަގޫވާނެތި އެމީހުން އެއްގަޑިއެއްގައި ބެލޭނެ ގޮތް ހަމަޖައްސައި މިދެނީ،" އަހުމަދު ވިދާޅުވިއެވެ.
އެކްލިނިކުން ދެއްވާ ހިދުމަތްތަކުގެ ތެރޭގައި
– ރާއްޖެ ބަލީގެ ތަފާތު އުނދަގޫތަށް
– މައިކައްޓާއި އުނަގަނޑުގެ ރިހުމަށް
– އަކުނިވަޔަށް ދެމުން، ނާރުތަކުގައި ގޮށްލުން، އައްސިވުން
– ތުރުތުރު އެޅުމާއި ވާގިނެތުން
– ޖެހިތަދުވެ ހާނިކަވުން، ކަށިގަނޑުގައި ރެދުލުން
– ފައިފުރޮޅުމާއި، ހުޅުނެއްޓުން
– ތަންތަނަށް ތަދުއެރުން، ނާރުއެރުން
– ބަނޑުގައި އުފެދޭ ވަޔަށް ( ގޭސްޓްރިކް މައްސަލަތައް)
– ދުވަސްވީ ހޮޑުލުމަށާއި، މޭނުބައިކުރުން
– މެއިން ދިލަ ނެގުމާއި އެތެރެ ހަށީން ހޫނުއެރުމަށް
– މައިދާއާއި ގޮހިރުގެ ފާރުހިކުމަށް
– ޕައިލްސް އުދަގޫތަކަށް (ބަނޑުހިކުމާއި، ފުރަގަސްފަރާތު ބަލިތަކަށް)
– އަރިދަފުސް ރޯގާއާއި، ކެއްސުން
– ނޭވާހިއްލުމަށާއި، ނޭވާލާން ދަތިވުން
– ބޯއެބުރުމާއި ބޮލުގަރިހުމަށް
– ބޮލުން ހަން ފޮޅުމާއި، އިސްތަށިފޭބުމަށް
– ކުޑަކަމުދިއުމާއިބެހޭ ނިޒާމުގެ މަސައްކަތް ރަނގަޅުކުރުމަށް
– ކުޑަގިފިލު ދަތިވުމަށާއި، ކުޑަކަމުދާ ހޮޅު ސާފުކުރުމަށް
– ގައިކެހުމާއި ފިއްނެގުމަށް
– ދަދު ފަދަ ތަފާތު ހަމުގެ ބަލިތައް
އެޕޮއިންޓްމެންޓް ހެދުމަށާއި އިތުރު މައުލޫމާދެ ހޯދުމަށް 9751170/ 3321170/ 3320105 ނަންބަރާ ގުޅުވުމަށް އިން އެދެއެެވެ.