ގައުމީ އެއާލައިން، މޯލްޑިވިއަން އިން ސީ ޕްލޭންގެ ޚިދުމަތް ދޭތާ ހަތަރު އަހަރު ވެއްޖެއެވެ.

މޯލްޑިވިއަން އިން ސީޕްލޭންގެ ޚިދުމަތް ފަށާފައިވަނީ ދެ ސީޕްލޭން އާއެކު 2014 ވަނަ އަހަރުއެވެ. މޯލްޑިވިއަންގެ ސީޕްލޭން ބޭސްގައި މިހާރު 11 އުޅަނދު އެބައޮތެވެ.

އަހަރަކު 14 ހާސް ފަތުރުވެރިން ރިސޯޓުތަކަށް އުފުލޭ ކަމަށާއި ސީޕްލޭން އޮޕަރޭޝަންތައް 13 މަންޒިލަށް ދަތުރުތައް ކުރާކަމަށް މޯލްޑިވިއަންް އިން ބުނެއެވެ.

އެ އެއާލައިނުން ދަނީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން އުފުލުމުގައިވެސް ބޮޑު ރޯލެއް އަދާކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު ތެރޭގައި ފާއިތުވެދިޔަ އަހަރުގެ ތެރޭ އަހަރަކު 14-15 ހާސް މީހުން މޯލްޑިވިއަންގެ ސީޕްލޭން ތަކުގައި އުފުލާފައިވާކަމަށް އެ އެއާލައިނުން މައުލޫމާތު ދެއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގަމުންދާ އައިލެންޑް އޭވިއޭޝަނުން ބުނީ މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތުގައި މިވީ ހަތަރު އަހަރު ތެރޭގައި ކަސްޓަމަރުންނާއި ޕާޓްނަރުން އަދި މެނޭޖުމެންޓާއި މުވައްޒަފުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން މިހާރު ދަނީ އެއާޕޯޓު މެނޭޖުމެންޓުގެ މަސައްކަތްވެސް ފުޅާކުރަމުންނެވެ. ޑޮމެސްޓިކް ބައެއް އެއާޕޯޓުތައް ހިންގުން އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 23 ކްރާފްޓް އެބައޮތެވެ.