12 Sep 2011, 23:02
ހުރާގައި ގެނބިގެން ހިރިޔާ ސްކޫލުގެ ހަތަރު ދަރިވަރުން މަރުވެ، ޕްރިންސިޕަލް އަވަހާރަވި ހާދިސާއާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް، މޫސާ އަލީ ޖަލީލާއި ފުލުސް ކޮމިޝަނަރު އަހުމަދު ފަސީހު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ (ޓޫފޯވަން ކޮމެޓީ) އަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ކޮމެޓީން ނިންމީ މޫސާ އަލީ ޖަލީލް މާދަމާ ހެނދުނު 9:30 ގައި ހާޒިރު ކުރުމަށެވެ. ފަސީހު ހާޒިރު ކުރާނީ 10:30 އަށެވެ.
މި ގޮތަށް ނިންމީ ޓޫފޯވަން ކޮމެޓީން މިރޭ 8:30ގައި ސިއްރު ޖަލްސާއެއް ބާއްވައިގެން ކަމަށް ސަންއަށް ވަނީ އެނގިފަ އެވެ.
މި ދެ ބޭފުޅުން ކޮމެޓީއަށް ހާޒިރުކުރަން ނިންމީ ކޮމެޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމެޓީގެ ރިޔާސަތު ބެލެހެއްޓެވީ މުގައްރިރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބުރާހީމެވެ.