04 Jul 2018, 15:15
ކޮންމެ ފަސް އަހަރަކުން އެއް އަހަރު ކުރިއަށް ގެންދާ ހައުސްހޯލްޑް އިންކަމް އެކްްޕެންޑިޗާ ސާވޭގެ ނަތީޖާ އާންމުކޮށްފި އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ކުރިއަށްދިޔަ މި ސާވޭ އަކީ ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ފެންވަރު ދެނެގަނެ އާމްދަނީ އާއި ޚަރަދުތައް ދެނެގަތުމަށް ކުރިއަށްގެންދިޔަ ސާވޭ އެކެވެ.
މި ސާވޭގައި ގޭބީސީ އަށް ލިބޭ އާމްދަނީ އާއި އެކި ބައިތަކަށް ކުރާ ޚަރަދުތައް، ވަޒީފާ އަދާ ކުރާ މީހުންގެ އަދަދު ފަދަ މައުލޫމާތު ވަނީ އެއްކޮށްފަ އެވެ. މި ސާވޭ އިން އެއްކުރެވުނު ނަތީޖާތަކުގެ މައްޗަށް ބިނާކޮށް ތަފާސް ހިސާބުތައް މިއަދު ވަނީ އާންމުކޮށްފަ އެވެ.
ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ 37،9467 މީހުން ބައިވެރިކޮށްގެންނެވެ. މި ސާވޭގައި ޖުމްލަ 72،208 ގޭބީސީ ބައިވެރިކޮށްފައިވާ އިރު އެވްރެޖުކޮށްް ގޭބީސީއެއްގައި ދިރިއުޅެނީ 5.3 މީހުންނެވެ. ރާޢްޖޭގެ މަސައްކަތްތެރިކަން ނުވަތަ ލޭބާ ފޯސް އަށް ބަލާއިރު ވަޒީފާ އަދާ ކުރާ އަންހެނުންގެ ނިސްބަތް އުޅެނީ 39 ޕަސެންޓުގަ އެވެ. ފިރިހެނުންގެ އަދަދު އުޅެނީ 61 ޕަސެންޓުގަ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ގޭބީސީގެ އާމްދަނީގެ ތަފާސްސިސާބުތައް ދައްކާގޮތުން މަހެއްގެ މައްޗަށް އެވްރެޖްކޮށް ގޭބިސީއަކަށް ލިބޭ އާމްދަނީއަކީ 26395 އެވެ. . މާލެއަށް ބާލާނަމަ، އާމްދަނީގެ ގޮތުގައި ގޭބިސީއަކަށް 37035 ރުފިޔާ ލިބޭއިރު އަތޮޅުތަކުގައި ގޭބިސީއަކަށް ޖެހޭ އާމްދަނީއަކީ 18358 ރުފިޔާ ކަމަށާއި މިއީ މާލެ އާއި އަޅާބަލާއިރު ރާއްޖެތެރޭގެ ރަށްރަށުގެ ގޭބީސީތަކަށް ލިބޭ އާމްދަނީ ދެ ގުނަ ދަށް ކަން އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.