04 Jul 2018, 17:30
ސ. ފޭދޫގައި ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމަށް 18 މިލިއަން ރުފިޔާއަށް ސްރީލަންކާގެ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފި އެެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. އަދި ސެނޮކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކައުންޓެންޓް ޕްރަބާތު ރުވަންޕުރަ އެވެ.
ސ. ފޭދޫގެ ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ
މިއަދުވި އެއްބަސްވުމުގެ ދަށުން ފޭދޫގައި ސްޓޯމް ވޯޓާ މެނޭޖްމަންޓް ނެޓްވާކެއް ގާއިމުކުރެވިގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ފޭދޫއަކީ ޒަމާނުއްސުރެ ވެސް ފެން ބޮޑުވުމުގެ މައްސަލަ ދިމާވެފައިވާ ރަށެއް ކަމަށާއި އަދި ފެން ހިންދުމުގެ ނިޒާމް ގާއިމުކުރެވިގެން ދާއިރު ފޭދޫގައި ދިމާވެފައިވާ ފެން ހިންދުމުގެ މައްސަލައަށް ވަަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު އެއް އަހަރު ތެރޭގައި ނިމިގެންދާނެ ކަމަށެވެ.