ޖީމެއިލް މެދުވެރިކޮށް ފޮނުވާ އަދި ލިބޭ އީމެއިލްތަކަކީ ތާޑް ޕާޓީ އެޕް ޑިވެލޮޕަރުންނަށް ކިޔާލެވޭނެ އެޕްތަކެއް ކަމަށް ގޫގުލްއިން ބުނެފިއެވެ.

އެގޮތުން ގޫގުލްއިން ބުނެފައި ވަނީ، ތާޑް ޕާޓީ އެޕްތަކަށް ޖީމެއިލް މެދުވެރިކޮށް އެކްސެސް ވާމީހުންގެ މެއިލްތައް އެ އެޕްތައް ޑިވެލޮޕް ކުރާ މީހުންނަށް ބެލޭނެ ކަމަށެވެ. މިއީ މިހާތަނަށް ގިނަ ބަޔަކަށް ނޭނގޭ "ބޮޑު ސިއްރެއް" ކަމަށް ގޫގުލް އިން ބުނެއެވެ.

ޖީމެއިލް އަކީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ އީމެއިލް ޚިދުމަތެވެ. ޖީމެއިލް ބޭނުންކުރާ 1.4 ބިލިއަން ޔޫޒަރުން އެބަތިއްބެވެ.

ތާޑް ޕާޓީ އެޕްލިކޭޝަން ތަކަށް ޖީމެއިލް އެކްސެސް ދޭއިރު އީމެއިލްތައް ކިޔުމާއި ޑިލީޓް ކުރުން ފަދަ ކަންތައްވެސް އެ މީހުންނަށް ކުރެވޭނެއެވެ.

ގޫގުލްއިން ބުނީ، އީމެއިލްތަކަށް އެކްސެސްވާ ބައެއް ކުންފުނިތަކުން އެމީހުންގެ އެޕްލިކޭޝަންތައް އިތުރަށް ފުރިހަމަ ކުރުމަށް އެ މެއިލްތަކުގެ ބޭނުން ކުރާ ކަމަށެވެ.