Back
Nov 24, 2025 SUN
SUN

ބިޒްނަސް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހަމަވާނެ

ބިޒްނަސް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހަމަވާނެ
Lead photo

ވިޔަފާރީގެ ދާއިރާގައި ރާއްޖޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އިތުރުކުރެވިފައެވެ. ބްލޭޒަން އިންކުން އިންތިޒާމުކުރާ މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވަނީ ޖުލައި ހަތްވަނަ ދުވަހަށެވެ.

ބްލޭޒަންއިން ބުނި ގޮތުގައި ވިޔަފާރި ކުރިއެރުވުމަށް ވިޔަފާރިތަކުގެ ވާދަވެރިކަން އުފެދެން ޖެހެއެވެ. ވިޔަފާރީގެ ވާދަވެރިކަން އުފެދި، ވިޔަފާރި ކުރިއެރުމުން އޭގެ ހެޔޮ، މުޅި އިގްތިސާދަށްވެސް ކުރާނެއެވެ.

ބްލޭޒަންގެ ޗީފް ސްޓެރެޓަޖީ އޮފިސަރ އަހްމަދު އަސްބާބު ވިދާޅުވީ، އެވޯޑަށް ކުރިމަތިލުމަށްޓަކައި އެއްވެސް ފީއެއް ނުނަގާނެ ކަަމަށެވެ.

"އެވޯޑްގެ ބޭނުމަކީ އެކުންފުންޏެއްގެ މަސައްކަތް ޕެނަލަކުން ވަޒަންކޮށް، އެ ކުންފުންޏަކަށް ހައްގުވާ ރެކޮގްނިޝަން ދިނުން،" އަސްބާބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކި ސެކްޓަރުތަކުން އެކި ވިޔަފާރިތައް ތަރައްގީވުމަށް ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް، އަންމުންނަށް ބޮޑަށް އެނގެނީ މަދު ވިޔަފާރިތަކެއް ކަމަށެވެ.

"ވިޔަފާރިތަކުން ކުރާ ބުރަ މަސައްކަތް އިތުބާރުކުރެވޭ މުސްތަގިއްލު ޕެނަލަކުން ވަޒަންކޮށް، ކާމިޔާބުވުމުން އެނގިގެންދާނެ މިއީ އާދައިގެ ވިޔަފާރިއެއް ނޫންކަން،" އަސްބާބު ވިދާޅުވިއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ މަގްސަދަކީވެސް އެއީއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ އެވޯޑަކަށް ނޮމިނޭޓުވުމަކީ ނުވަތަ އެވޯޑެއް ކާމިޔާބުކުރުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެކެވެ. އެ ކުންފުންޏެއް ނުވަތަ ވިޔަފާރިއަކަށް އަދި މުވައްޒަފުންނަށް ވެސް ލިބޭ ފަޚުރެކެވެ. އަދި އެވޯޑު ކާމިޔާބުކުރެވިއްޖެ ނަމަ، ވިޔަފާރީގެ ދާއިރާގައި ރާއްޖޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު ލިބުނު ކުންފުންޏެއްގެ ގޮތުގައި ތައާރަފުވެވޭނެއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސް ދިނުމުގެ ހަފްލާ އޮންނާނީ ޖުލައި މަހުގެ ފަހުކޮޅު ބާއްވާ ޚާއްސަ ގާލާއެއްގައެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics