03 Jul 2018, 10:31
ބޮލީވުޑް އެކްޓަރު މިތުން ޗަކްރަބޯތީގެ ފިރިހެން ދަރި، މަހާކްޝޭ އާއި ދެކޮޅަށް ރޭޕާއި އޮޅުވާލުމުގެ މައްސަލައެއް ބަލަން ފަށައިފިއެވެ.
ހޯމަ ދުވަހު ނިއު ދިއްލީގެ ކޯޓަކުން ވަނީ މައްސަލަ ބެލުމަށް ފުލުހުންނަށް އަންގައިފައެވެ. މަހާކްޝޭ އާ ދެކޮޅަށް ރޭޕްގެ އިތުރުން، އޮޅުވާލުމާއި ބަނޑުގައި އޮތް ދަރި، ގަދަކަމުން ވައްޓާލި ކަމުގެ ދައުވާ ވަނީ ކޮށްފައެވެ.
މަހާކްޝޭގެ އިތުރުން މިތުންގެ އަނބިމީހާ ޔޮގީތާ ބަލީ އާ ދެކޮޅަށް ވެސް މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.
މަހާކްޝޭ އާއި ދެކޮޅަށް މައްސަލަ ހުށަހަޅައިފައި ވަނީ ހިންދީ އަދި ބޯޖްޕޫރީ ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ އަންހެނެކެވެ.
އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ދެމީހުން ލޯބީގެ ގޮތުން ގުޅުނީ ކައިވެނި ކުރާނެ ކަމަށް މަހާކްޝޭ ބުނުމުން ކަމަށެވެ.
ނަމަވެސް މަހާކްޝޭ އޭނާއަށް އޮޅުވާލައި ލަނޑު ދިނީ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނުފޫޒުގަދަ މީހުންގެ ފަރާތުން އިންޒާރުތައް ލިބެމުން އަންނަ ކަމަށް ބުނެ، އެ އަންހެން މީހާ މިހާރު ވަނީ މުމްބާއީ ދޫކޮށް ދިއްލީއަށް ބަދަލުވެފައެވެ.
މަހާކްޝޭ ބޮލީވުޑަށް ނުކުތީީ 2008 ވަނަ އަހަރު ފިލްމު "ޖިމީ" އިންނެވެ. އެއަށްފަހު އޭނާ ވަނީ "ހޯންޓެޑް 3ޑީ" ފަދަ ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައެވެ.
ރޭޕްގެ ދައުވާ އާނާގެ މައްޗަށް އުފުލައިފައި ވާއިރު، މި މަހުގެ ހަތް ވަނަ ދުވަހު ކައިވެނި ކުރުމަށް މަހާކްޝޭ އަންނަނީ ތައްޔާރުވަމުންނެވެ.