ރާއްޖޭގައި ވެސް މަންޒަރުތަކެއް ޝޫޓްކުރި ފިލްމު "ރޯގް ވަން"ގެ ބަތަލާ ފެލިސިޓީ ޖޯންސް، 34، ކައިވެނިކޮށްފިއެވެ.

މިދިޔަ ހޮނިހިރު ފެލިސިޓީ ކައިވެނިކޮށްފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ލޯބީގެ ގޮތުން އުޅުނު މަޝްހޫރު ޑައިރެކްޓަރު ޗާލްސް ގާޑް 45، އާ އެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑްޝަޔާގެ ސެޑެލީ ކާސަލްގައި ދެތަރިން ކައިވެނި ހަފްލާ ބޭއްވިއިރު ގިނަ އަދަދެއްގެ ތަރިން ވަނީ އެ ކައިވެނި ހަފްލާގައި ބައިވެރިވެފައެވެ.

ޗާލްސް ވަނީ "ދަ އަންއިންވައިޓެޑް" ފަދަ ފިލްމު ޑައިރެކްޓްކޮށްފައެވެ. ބަތަލާ ފެސިލިޓީ ދެން އެންމެ އަވަހަށް ފެނިގެންދާ ފިލްމަކީ "އޮން ދަ ބޭސިސް އޮފް ސެކްސް" އެވެ. ފެސިލިޓީ ވަނީ ގިނަ އަދަދެއްގެ ފިލްމުތަކުގައި ހަރަކާތްތެރިވެފައެވެ.