02 Jul 2018, 22:49
ތައިލެންޑްގެ ހޮހޮޅައިގައި ތާށިވި މޫ ޕާ ފުޓްބޯޅާ ޓީމުގައި ހިމެނޭ ކުދިން ދިހަ ދުވަސްފަހުން ދިރިތިއްބާ ސަލާމަތްކޮށްފިއެވެ.
ތައިލެންޑްގެ އޮފިޝަލުން ވަނީ އެކުދިން ދިރިތިއްބާ ފެނުނުކަން ކަށަވަރުކޮށްދީފައެވެ. އެ ކުދިން ހޯދައިފައިވަނީ ތައިލެންޑްގެ ނޭވަލް ސްޕެޝަލް ފޯސާސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުންނެވެ.
ތަމް ލުއެންގް ނޭންގް ނޮން ހޮހޮޅައިގައި ތާށިވި 12ކުދިންގެ ތެރޭގައ އުމުރުން 11 އަހަރާއި އަދި 16 އަހަރުގެ ފިރިހެންކުދިން ހިމެނެއެވެ. އަދި އެ ކުދިންގެ ފުޓްބޯޅަ ކޯޗުވެސް ހިމެނެއެވެ.
އެ ކުދިން ކޯޗާއެކު އެ ހޮހޮޅައަަށް ވަދެފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.
ވިއްސާރައާއި އަދި އެ ހޮޙޮޅައިގައި ފެންބޮޑުވުމުގެ ސަބަބުން އެ ކުދިން ހޯދުމުގައި އޮތީ ވަރަށް ބޮޑަށް ދަތިވެފައެވެ. ނަމަވެސް ފަހުން އެ ކުދިން ހޯދުމަށް އެހީތެރިވުމުގެ ގޮތުން ވަނީ ޕަންޕް ބޭނުންކޮށްގެން އެތަނުގައި ބޮޑުވެފައި އޮތް ފެންގަނޑު ވަރަށް ބޮޑަށް ހިންދާލާފައެވެ.
އެ ކުދިން ދިރިތިބިކަމަށް ބެލެވޭތީއާއެކު، އެ ހޮހޮޅައިެގ އެކި ހިސާބުތަަކަށް ކާނާއާއި މޮބައިލްފޯނާއި އަދި މެޕްތައް ވަނީ ދޫކޮށްލައިފައެވެ.
އެ ކުދިން ހޯދުމުގެ ގޮތުން 1000 ޑައިވަރުންވެސް ވަނީ ހަރަކާތްތެރިވެފައެވެ.
ގެއްލުނު ކުދިން ފެންނާނެކަމުގެ އުއްމީދުގައި ތައިލެންޑާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ހެޔޮދުއާކޮށްފައެވެ.