ތިލަފުށި ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމީހާ މަރުވެފައިއޮއްވާ ފެނިގެން ރިޕޯޓްކޮށްފައިވަނީ ހަވީރު 5:04 ހާއިރުއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ދިވެއްސެކެވެ. އަދި އެއީ އެމްޓީސީސީގައި މަސައްކަތްކުރާ މީހެއްކަން ވަނީ އެނގިފައެވެ.

ފުލުހުން ވަނީ ތިލަފުށި ފަޅުތެރެއިން މީހަކު ފެނިގެން ހަރަކާތްތެރިވާކަން ކަށަވަރުކޮށްދީފައެވެ.

އެމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.