ވަން ޕްލަސްގެ އެންމެ ފަހުގެ ވާޝަން "ވަން ޕްލަސް 6"ގެ ފޯނު ތައް ރަތް ކުލައިންވެސް ނެރެން ނިންމައިފިއެވެ.

ވަން ޕްލަސްގެ މިފޯނު އެންމެ ފުރަތަމަ ލޯންޗުކުރާނީ ނޯތު އެމެރިކާ އާއި އިންޑިއާ އަށެވެ. ޔޫރަަޕަށްވެސް މި ފޯނު ތައާރަފު ކުރާނެއެވެ.

އޮފުކަން ގަދަ މި ފޯނަކީ 128 ޖީބީގެ ފޯނެކެވެ. ނޯތު އެމެރިކާ ސަރަހައްދުގައި ފޯނު ވިއްކާނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 579 ޑޮލަރަށެވެ. އިންޑިއާގައި 39،999 ރުޕީސް (ގާތްގަނޑަކަށް 583 ޑޮލަރު) އަށެވެ. އެއީ މި މަހުގެ 16 އިން ފެށިގެންނެވެ.

މެއި މަހު ރިލީޒްކުރި ވަން ޕްލަސް 6ގެ ފޯނުތައް އެންމެ ފުރަތަމަ ނެރުނޫ ދެ ޝޭޑެއްގެ ކަޅުކުލައިންނެވެ. އޭގެ ފަހުން ހުދު ކުލައިގެ ފޯނެއްވެސް ވަނީ ނެރެފައެވެ.ވަން ޕްލަސް އިން ބުނީ ވަންޕްލަސް 6 ނެރުނުތާ 22 ދުވަސް ތެރޭ އެއް މިލިއަން ފޯނު ވިކުނު ކަމަށެވެ.