Back
Nov 24, 2025 SUN
SUN

އިބޫއަށް މަރުހަބާ ކިޔައި މަޝްވަރާއަށް ސަރުކާރުން ދައުވަތު ދީފި

އިބޫއަށް މަރުހަބާ ކިޔައި މަޝްވަރާއަށް ސަރުކާރުން ދައުވަތު ދީފި
Lead photo

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހަމަޖެއްސެވި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް މަރުހަބާ ކިޔައި މަޝްވަރާއަށް ސަރުކާރުން އިދިކޮޅު ކޯލިޝަނަށް ދައުވަތު ދީފިއެވެ.

އޯލް ޕާޓީ ޓޯކްސްގެ ޗެއާ ޕާސަން އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އިނގިރޭސި ބަހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ 'އާދަޔާ ހިލާފް ކޮންގްރެސް' އިން އެ ޕާޓީގެ ރިޔާސީ ޓިކެޓް އިބޫއަށް ދިނުމަށް ނިންމުމުން އެކަމަށް މަރުހަބާ ދަންނަވާ ކަމަށާއި ޝަރުތު ހަމަވާ ކެންޑިޑޭޓެއް ނެރުމަކީ ޑިމޮކްރެސީ ކުރިއެރުވުމަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިނިވަން، އިންސާފްވެރި ދެފުށް ފެންނަ ކާމިޔާބު އިންތިޚާބެއް ބޭއްވުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

ޝައިނީގެ ބަޔާނުގައި ވަނީ ހުއްޓިފައިވާ ޕާޓީތަކުގެ މަޝްވަރާއަށް އަލުން ގޮވާލާފައެވެ. އަދި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާއި ކަންބޮޑުވުންތަކަށް ހައްލައް ހޯދައި ކާމިޔާބު އިންތިޚާބެއް ބޭއްވުމަށް މަޝްވަރާތަކުގައި ބައިވެރިވުމަށް ވެސް ޝައިނީގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

"އެމްޑީޕީއަށް އަޅުގަނޑު ގޮވާލަން އެ ޕާޓީން ބޮއިކޮޓް ކޮށްފައިވާ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުންތަކުގައި ވެސް ބައިވެރިވުމަށް. އަދި އަމާން އޮމާން އިންތިހާބެއް ބޭއްވުމަށް އިލެކްޝަން ކޮމިޝަނަށް އެއްބާރުލުން ދިނުމަށް ވެސް،" ޝައިނީގެ ބަޔާނުގައި ވެއެވެ.

އިބޫއަށް މަރުހަބާ ވިދާޅުވެ ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް އިބޫ ހޮވުމަކީ ސިޔާސީ ހަމަޖެހުމަށް ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

ރިޔާސީ އިންތިހާބު އޮންނާނެ ތާރީހެއް ކަމަށް އިލެކްޝަނުން ބުނެފައިވަނީ ސެޕްޓެމްބަރު 23 އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics