Back
Nov 24, 2025 SUN
SUN

އެމްއެންޔޫއެސްޔޫއިން ރޯދަމަހު ބޭއްވި ކުއިޒްގެ އެއްވަނަ ހައްވާ އަބްދުﷲއަށް

އެމްއެންޔޫއެސްޔޫއިން ރޯދަމަހު ބޭއްވި ކުއިޒްގެ އެއްވަނަ ހައްވާ އަބްދުﷲއަށް
Lead photo

ރަމަޟާންމަހާ ދިމާކޮށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ ފަރާތުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ބޭއްވި ދީނީ ސުވާލު މުބާރާތުގެ އެއްވަނަ ޏ. ފުވައްމުލައް ސިޓީގެ ސެންޓުގޭ ހައްވާ އަބްދުﷲ ހޯދައިފިއެވެ.

ހައްވާއަށް އިނާމްއެއްގެ ގޮތުގައި ދީފައިވަނީ 32 އިންޗީގެ ޓީވީއަކާއި މައިކްރޯވޭވް އަވަނެކެވެ.

"އެމްއެންޔޫއެސްޔޫ ދީނީ ސުވާލު މުބާރާތް 2018"ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖްގައި ކޮންމެ ދުވަހަކުވެސް ސުވާލެއް "ޕޯސްޓް" ކުރިއެވެ.

އެމްއެންޔޫއެސްޔޫގެ ކުއިޒް މުބާރާތުން އެންމެ ގިނަ ޖަވާބުދިން ފަރާތަކަށް އިނާމް އަރުވަނީ-- ފޮޓޯ: އެމްއެންޔޫއެސްޔޫ

އެމްއެންޔޫއެސްޔޫގެ އެ މުބާރާތުގައި ރަމަޟާންމަހުގެ ކޮންމެ ދިހަ ދުވަހަކުން އެންމެ ގިނަ ޖަވާބު ދިމާކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ހޮވުނު ފަރާތްތަކަށްވެސް ވަނީ އިނާމް ދީފައެވެ. އެ ފަރާތްތަކަށް އިނާމެއްގެ ގޮތުގައި ދީފައިވަނީ މައިކްރޯވޭވް އަވަނެކެވެ.

ކޮންމެ ދިހަ ދުވަހަކުން އެންމެ ގިނަ ޖަވާބުތައް ދިމާކުރި ފަރާތްތައް

  • ރަމަޟާން މަހު އެކަކުން 10 އަކަށް- ފާތުމަތު ނަޝާ އަބްދުﷲ - ގުލްޗަންޕާގެ / ޅ. ނައިފަރު
  • ރަމަޟާން މަހު 11 އިން 20އަށް- މަރިޔަމް ސަދުނާ - އުދަރެސް / ސ. ފޭދޫ
  • ރަމަޟާން މަހު 21ން 30 އަށް - މުހައްމަދު ޒަކީ - ނިޔާމަ / ށ. ފޯކައިދޫ

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics