01 Jul 2018, 13:50
ޕެއިޓަން ރީޑް ޑައިރެކްޓްކޮށް އުފައްދާ ފިލްމު އޭންޓް މޭން އެންޑް ދަ ވޮސްޕް މި ހަފްތާ ބަންދުގައި ޝްވެކް ސިނަމާގައި އަޅުވާގޮތަށް ހަމަޖެހިއްޖެއެވެ.
ފެންޓަސީ އަދި ސައިންސް ފިކްޝަނަލް ޖޯންރާއަށް އުފައްދާފައިވާ އެ ފިލްމުގެ ބައެއް ތަރިންނަކީ ޕައުލް ރަޑް، މައިކަލް ޑަގްލަސް، މިޝެލް ފައިފާ، މައިކަލް ޕީންޔާ އަދި އެވެންޖެލިން ލިލީއެވެ.
ޝައުގުވެރި ކަންތައްތަކެއް ޓްރެއިލާއިން ފެނިގެންދިޔައެވެ. "އޭންޓް މޭން އެންޑް ދަ ވޮސްޕް"އަކީ މާވެލް ސްޓޫޑިއޯއިން ތައްޔާރުކުރާ ފިލްމެކެވެ.
މާވެލް ސްޓޫޑިއޯއަކީ ކާމިޔާބު ގިނަ ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ސްޓޫޑިއޯއެކެވެ.
އޭންޓް މޭން އެންޑް ދަ ވޮސްޕްގެ ޓިކެޓް ބުކިން މިހާރު ފަށާފައިވާ ކަމަށް ޝްވެކް ސިނަމާއިން ބުންޏެވެ.