Back
Nov 24, 2025 SUN
SUN

ވެކޭޝަން އެކްސްޕޯ މި ހަފްތާގެ ބުރާސްފަތި ދުވަހު އާޓްގެލަރީގައި

ވެކޭޝަން އެކްސްޕޯ މި ހަފްތާގެ ބުރާސްފަތި ދުވަހު އާޓްގެލަރީގައި
Lead photo

ޓްރެވަލް އަދި ހޮސްޕިޓާލިޓީ ދާއިރާއަށް އަމާޒުކޮށްގެން ބާއްވާ ތިންވަނަ ވެކޭޝަން އެކްސްޕޯ ބުރާސްފަތި ދުވަހު ފަށާނެއެވެ.

ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އިވެންޓު އިންތިޒާމު ކުރާ ހައިރައިޒްއިން ބުނީ ވެކޭޝަން އެކްސްޕޯ ކުރިއަށްދާނީ މި ތިންދުވަހުގެ މެންދުރު 2:00 އިން ހަވީރު 6:00 އަށް، އަދި އަދި ރޭގަނޑު 8:00 އިން 11:00 އަށް ކަމަށެވެ.

މި އަހަރުގެ އެކްސްޕޯގައި 24 އެގްޒިބިޓަރުން ބައިވެރިވާނެއެވެ.

މި އެކްސްޕޯގެ ޕްރިންސިޕަލް ސްޕޮންސަރަކީ އިނަ މޯލްޑިވްސްއެވެ. ކޯ ސްޕޮންސަރަކީ ތައިލެންޑްގެ ފަތުރުވެރިކަމާ ބެހޭ އިދާރާ، ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑު އަދި އެލައިޑް އިންޝުއަރެންސެއެވެ.

މެލޭޝިއާގެ ޓޫރިޒަމް ބޯޑުގެ އިތުރުން ބޫޓާނުގެ ހޮޓެލްސް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަނުންވެސް މި އެކްސްޕޯގައި ބައިވެރިވާނެއެވެ.

އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި އިނާމުތައްވެސް ލިބޭ މި އެކްސްޕޯއަށް ޒިޔާރަތްކޮށްގެން އަންނަ ބޮޑު އީދު ބަންދުގައި ޗުއްޓީ ހޭދަކޮށްލަން ދާނެ ތަނެއް ނިންމައިލުމުގެ ފރުުސަތު އޮންނާނެއެވެ. އެގޮތުން ގިނަ ގެސްޓްހައުސް ތަކާއި ރިސޯޓުތައް އަދި ރާއްޖެއިން ބޭރުގެ ޓްރެވަލް އިންޑަސްޓްރީގެ ފަރާތްތަކުން މި އެކްސްޕޯގައި ބައިވެރިވެ، އެ ފަރާތްތަކުގެ ޓްރެވަލް ޕެކޭޖުތަކާއި ޗުއްޓީ ޕެކޭޖުތަކުގެ މައުލޫމާތު ހިއްސާކުރާނެއެވެ.

ވެކޭޝަން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގްރޭންޑް ލަކީޑްރޯއިން ހޮވޭ ފަރާތްތަކަށް ކަނޑައަޅާފައިވާ އިނާމުތަކުގެ ތެރޭގއި ހައްޖު ކޯޕަރޭޝަނުން ދޭ އުމްރާ ދަތުރު، އަލް މަނާސިކު ގްރޫޕުންދޭ އުމްރާ ދަތުރު، ގެސްޓް ހައުސްތަކުންދޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު، ރާއްޖެއިން ބޭރަށް ޒިޔާރަތްް ކުރުމަށް ބެންކޮކް އެއާވޭސް، ސިންގަޕޯ އެއާލައިންސް، ސްރީލަންކަން އެއާލައިންސް އަދި އެއާ އޭޝިއާ، ގަތަރު އަދި ސްކޫޓް އެއާލައިނުން ހުށަހަޅާ ޓިކެޓް، ބޫޓާން، މެލޭޝިއާ، ތައިލެންޑް އަދި ސިންގަޕޫރުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

މީގެ އިތުރުންވެސް އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް ގިނަ އިނާމުތަކެއް ވަނީ ހުށަހަޅައިފައެެވެ. އޭގެ ތެރޭގައި ބެންކޮކް ހޮސްޕިޓަލުން ހުށަހަޅާ ޚާއްސަ ޕެކޭޖު، ޕަޑި އޯޕަން ވޯޓާ އަދި ޑައިވް ކޯސް، އަދި އެލައިޑްއިން ހުށަހަޅާ އިންޝުއަރެންސް ޕެކޭޖު ހިމެނެއެވެ.

މި އިނާމުތަކުގެ އިތުރުން އެކްސްޕޯގެ ސްޓޯލުތަކަށް ޒިޔާރަތް ކޮށްގެންވެސް އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.

ވެކޭޝަންސް އެކްސްޕޯއަކީ ޓްރެވަލް މާކެޓަށް ހިދުމަތްތައް ދޭ ފަރާތްތަކުގެ ހިދުމަތްތަކުގެ މައުލޫމާތުތައް އެއް ފުރާޅެއްގެ ދަށުން އާންމުންނަށް އަދި ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް ބާއްވާ އެކްސްޕޯއެކެވެ.

އެކްސްޕޯގެ ޒަރީއާއިން އިންބައުންޑް އަދި އައުޓްބައުންޑް ޓޫރިޒަމް ކުރިއެރުވުމާ ބެހޭގޮތުން އިންޓަނޭޝަނަލް އެކްސްޕާޓުންނާއެކު މަޝްވަރާކޮށްލުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

ތިންވަނަ ވެކޭޝަންސް އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics