ބޮލީވުޑްގެ ކާމިޔާބު ބަތަލު އަނިލް ކަޕޫރާއި އޭނާގެ ދަރިފުޅު ބަތަލާ ސޯނަމް ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ"ގެ ޓީޒާ ދައްކާލައިފި އެވެ.

ކާމިޔާބު ބަތަލާ ޖޫހީ ޗާވްލާ ސޯނަމްގެ މަންމަގެ ރޯލުން މި ފިލްމުގައި ފެނިގެންދާ އިރު ސޯނަމްގެ ބައްޕަގެ ރޯލުން ފެނިގެންދާނީ އޭނާގެ އަސްލު ބައްޕަ އަނިލް އެވެ. ރާޖްކުމާރް ރާއޯ ވެސް ފިލްމުގައި ހަރަކާތްތެރިވާއިރު އޭނާގެ ރޯލަކީ ސޯނަމްގެ ލޯބިވެރިއެއްގެ ރޯލެވެ.

އަންނަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޓީމުން ބުންޏެވެ.

ސޯނަމް އާއި އަނިލް އެއްކޮށް ފެނިގެންދާ ފުރަތަމަ ފިލްމު ކަމުން ގިނަ ބަޔަކު މި ފިލްމަށް އިންތިޒާރުކުރާނެެ ކަން ޔަގީނެވެ. ހަނދާންތަކެއް ކުރިމަތި ވާނެ އެވެ.

ޝެލީ ޗޯޕްރާ ދަރް ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމު ޕްރޮޑިއުސްކުރަނީ ރާޖްކުމާރު ހިރާނީ އަދި ވިދޫ ވިނޯދް ޗޯޕްރާ އެވެ.

ސޯނަމް އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ "ވީރޭ ދި ވެޑިން" އިންނެވެ.