ޕަދްމާވަތުގެ ކާމިޔާބީ އަށް ފަހު ސަންޖޭ ލީލާ ބަންސާލީ ސަލްމާން ޚާން އާ އެކު މަސައްކަތް ކުރުމަށް ނިންމައި އެ ފިލްމުގެ ނަމަކީ "އިންޝާ ﷲ" ކަމަށް ބޭރުގެ ޚަބަރުތައް ބުނެފި އެވެ.

ފިލްމުގެ ނަން ރެޖިސްޓްރީ ކުރި ކަމަށް ގިނަ ޚަބަރުތައް ބުނި ނަމަވެސް އެ ފިލްމާ ބެހޭ އިތުރު ތަފްސީލެއް ބަންސާލީ ދީފައެއްނުވެ އެވެ.

"ބަންސާލީގެ ފިލްމަކުން ސަލްމާން ވަރަށް ދުވަސްފަހުން މި ފެންނަނީ. ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ފަހުކޮޅު ފަށާނެ. ލޯބީގެ ފިލްމެއް މިއީ،"

ފިލްމު ބެލުންތެރިންނާ ހަމައަށް 2020 ވަނަ އަހަރު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ސަލްމާން ދެން އެންމެ އަވަހަށް ޝޫޓިން ފަށާނީ އަލީ އައްބާސް ޒަފަރުގެ "ބާރަތު" އެވެ.