01 Jul 2018, 09:21
މިއީ ދާދި ކުޑަ ދުވަސްކޮޅޭއްގެ ތެރޭގައި ޓްވިޓާގައި ދިވެހީންގެ މެދުގައި އެންމެ އަވަހަށް ވައިގައި ހިފި އެއް ނަމެވެ. ކުރަނީ ލޯބި މަސައްކަތެކެވެ. ބަލާލަން ހިތްފަސޭހައެވެ. ރަހަވެސް އެހާ މީރެވެ. އާއިޝަތު ޝައްމަގެ ކޭކު އެޅުމުގެ ވިޔަފާރި ފުޅާވެގެން ދިޔަ ގޮތުގެ ވާހަކަ މިއީއެވެ.
ޕޭސްޓްރީ ޝެފެއްގެ ދަރިއަކަށް ވުމަކީ އޭނާގެ ނަސީބުކަމަށް ވެދާނެއެވެ. ކޭކު އެޅުމާ އޮތް ހިތާ ހިތުގެ ގުޅުމުގެ އަސްލަކީ މިއީ ކަމަށްވެސް ވެދާނެއެވެ. އެންމެ ކުޑަ އިރު ބައްޕައާ އެކު ސަމާސާއަކަށްވެސް ކިޔައި އުޅުނު އެއް ވާހަކައަކީ، ދެބަފައިން އެކުގައި ޕޭސްޓްރީ ޝޮޕެއް ހުޅުމުގެ ޕްލޭނެއްގެ ވާހަކައެވެ. އިސާހިތަކު ބައްޕަގެ ފަރާތުން ހުނަރު ދަސްކޮށްގެން އާއިލާއާއި ރަހުމަތްތެރީންނާއި، މިހާރު ލޯބިވާ ފިރިމީހާއަށް ކޭކު އަޅައިދޭން ފެށިއެވެ.
"ރެންޑަމްކޮށް އޯޑަރު އަންނަން ފެށީ އެ ހިސާބުން. ދެން ހަޒްބަންޑް ވެސް ބުނީ އެހާ އިންޓްރެސްޓް ހުންނަ ނަމަ ބިޒްނަސްއެއް ގޮތުގައި ފަށަންވީނުންހޭ،"
Can u guys please help me choose a name for my wife's cake page. Plis????
(Her name's Scherry)— Dis Fazeelu (@Phasycxz)May 22, 2018
އެންމެންގެ ލޮލުގައި ޝައްމަގެ މަސައްކަތް އަޅައިގަތީ އޭނާގެ ފިރިމީހާ އާދަމް ފަޒީލް، ޓްވިޓާގައި އޭނާގެ ކޭކުތަކުގެ ވާހަކަ ދައްކަން ފެށި ހިސާބުންނެވެ. އެންމެ ފަހުން މިދިޔަ މެއި މަހުގެ ތެރޭގައި ބިސްމި ކިޔާފައި ޝައްމަ ކޭކުތަކާ އެކު "ޗެރީ އޮން ޓޮޕް"ގެ ނަމުގައި ޓްވިޓާއަށް އައީއެވެ. އައިސް ފަސް ބަލާނުލައި އަދިވެސް ދަނީ ކޭކުތަކާ އެކު ދުވަމުންނެވެ.
ޝައްމަ އަޅާ މީރު ކޭކުތަކަށް އޮތް ބޮޑު ޑިމާންޑާ އެކު އޭނާ ކޯހެއް ހަދައި، މާޗު/އޭޕްރިލް ހިސާބުގައި ގިނަ އިތުރު ކަންކަން ދަސްކޮށްފިއެވެ.
Would you like your Tres leches cake with Caramelized Bananas on top?pic.twitter.com/MVCuWA6RNN
— CherryOnTop???? (@OfficialCherryO)June 25, 2018
މަސް ދުވަސް ތެރޭގައި 600 އަށް ވުރެ ގިނަ ފޮލޮވަރުން ޓްވިޓާގައި އެކަނި ވެސް ޝައްމަ އަށް ލިބިގެން ދިޔައެވެ. ޑިމާންޑު ވަރަށް ބޮޑެވެ. ނަމަވެސް އެންމެ ޑިމާންޑު ބޮޑީ ޝައްމަ އަޅާ "ޓްރޭ ލޭޗެސް" ކޭކަށެވެ. އެވަރޭޖްކޮށް ދުވާލަކު އަށް ޓްރޭ ލޭޗެސް ކޭކު އަޅައެވެ. އެންމެ މަދުން އަޅާ ދުވަހުވެސް ފަސް ކޭކު އޯޑަރަށް ތައްޔާރުކުރެއެވެ.
"އެއީ މިލްކް ކޭކެއް. އެއަށް އޮންނަ ޑިމާންޑު ވަރަށް ބޮޑު،" ޝައްމަ ބުންޏެވެ.
Sending this lovely cake to@Riiner5's mom for her 50th Birthday all the way to B.Goidhoo.
Wishing my Birthday twin a Very Happy Birthday ❤ lots of love????????
And Eid Mubarak ????pic.twitter.com/KNEwMCA6XO— CherryOnTop???? (@OfficialCherryO)June 17, 2018
ޝައްމަ ތައްޔާރކުރަނީ ހަމައެކަނި ޓްރޭ ލެޗެސް ކޭކެއް ނޫނެވެ. އުފަންދުވަހާއި ކައިވެނި ހަފްލާތަކާއި އެހެނިހެން މުނާސަބާތަކަށް ވެސް ކޭކު އަޅައެވެ. މީގެ ތެރެއިން މިހާތަނަށް އެންމެ ބުރަ މަސައްކަތް ކުރެވެނީ "ޝެނަލް ތީމް"އަށް އެޅި ކޭކެވެ.
ރަސްމީ ވަޒީފާއަކަށް ވެސް ދަމުން، އޯޑަރަށް ކޭކު އެޅުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެކަށީގެންވާ ވަގުތު ހޯދަން އޭނާއަށް ދަތިވެއެވެ. އެކަމަކުވެސް ޝައްމަ ދައްކައިދެމުން އަންނަނީ އެއީ ނުވާނެ ކަމެއް ނޫން ކަމެވެ.
Moodhu ???? Cake done for a Moodhu lover ordered by@tweetiiipie
I hope u like the cake and most importantly i hope Naikko loves the cake ❤
Enjoy the Cake ????#ChocolateCakepic.twitter.com/7j2q3bKcS9— CherryOnTop???? (@OfficialCherryO)June 10, 2018
ހުޅުމާލޭގައި ދިރިއުޅޭ ޝައްމައަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޭކު އެޅުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ފަސޭހައިން ނުލިބުމެވެ. އެއްޗެހި ގަންނަން ޖެހެނީ މާލެއިންނެވެ. ކޭކު އޯޑަރު ވެސް މާލެއިން އާދެއެވެ. އެތަކެތި ޑެލިވާ ވެސް ކުރަންޖެހޭނެތާއެވެ.
"މިހާރު ފިރިމީހާ އެކަނި އުޅެނީ ކޭކު ޑެލިވާކުރުމުގައި. އެކަމަކު މިހާރު އެބަ ވިސްނަން ޑެލިވަރީ ބޯއިއެއްވެސް ހޯދުމަށް،" އޭނާ ބުންޏެވެ.
"The oceans roar is music to the soul, let the Mermaid sing her Song" ????♀️#Mermaid????♀️cake made for@InuwMaajid
Thank ypu for Giving me this Opportunity. Hope you love this????pic.twitter.com/JezSJyiJzg— CherryOnTop???? (@OfficialCherryO)June 8, 2018
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ފަރާތުން ލިބެންފެށި ލޯތްބާއި ހިތްވަރު، ޝައްމަ ބަލައިގަންނަނީ އުފަލާއި ޝުކުރާ އެކުގައެވެ.
"އެންމެ ބޮޑު ސަޕޯޓަކީ ހަޒްބަންޑް. ދެން ޕަބްލިކް. ޚާއްސަކޮށް ޓްވިޓާގެ ހުރިހާ ކުދިންނަށޤ ވަރަށް ބޮޑަށް ޝުކުރުވެރިވަން،"
"އިންޓްރެސްޓް ހުރެގެން ކުރާނަމަ މިއީ އިންކަމްއެއް ހޯދަން ވަރަށް ރަނގަޅު މަސައްކަތެއް. މި ކަމުން ކުރިއަށް ދާން އޮޕަޗިއުނިޓީވެސް އެބައޮތް. ދެން މިއީ ވަރަށް ކޮމިޓްވެގެން ކުރެވޭނެ މަސައްކަތެއް. މިކަމަށް ދޭންވާ ވަގުތާއެކު އިންޓްރެސްޓު ހުރެގެން ކުރާނަމަ، މިކަން ކުރާ ހިތުން ކުރާ ކުދިންނަށް މިއީ ވަރަށް ރަނގަޅު މަސައްކަތެއް،" ކޭކު އެޅުމުގެ މަސައްކަތް ކުރާ ހިތްވާ ކުދިންނަށް ޝަމްމަގެ މެސެޖަކީ މިއެވެ.
ޝައްމަގެ މަސައްކަތް ޕްރޮމޯޓު ކުރަނީ "ޗެރީ އޮން ޓޮޕް"ގެ ނަމުގައެވެ. ޓްވިޓާގެ އިތުރުންފޭސްބުކްއަދިއިންސްޓަގްރާމްގައި ވެސް ވިޔަފާރި ދަނީ ޕްރޮމޯޓުކުރަމުންނެވެ.
"މި ނަން ޑިސައިޑު ކުރީ ޕަބްލިކް. ޓްވިޓާގައި ޕޯލްއެއް ހަދައިގެން އެންމެ ގިނަ ވޯޓު ލިބުނު ނަން މިއީ. ޕަބްލިކްގެ ލޯތްބާ ސަޕޯޓު ވަރަށް ބޮޑަށް އެޕްރިޝިއޭޓު ކުރަން. އެމީހުންނާއެކު އޮންނަ ގުޅުމަކީ ކުރިއަށް ދާން ލިބޭ ވަރަށް ބޮޑު ހިތްވަރެއް،"
"ޗެރީ އޮން ޓޮޕް"ގެ މަސައްކަތް އިތުރަށް ފުޅާކުރަން ޝަމްމަ އާ އޭނާގެ ފިރިމީހާ ދަނީ ވިސްނަމުންނެވެ.
"މިހާރު ވިސްނާފަ އޮތީ މާލޭގައި ކޭކު ޝޮޕެއްވެސް ހުޅުވަން ކުރިއަށް އޮތްތަނުގަ. މަޑުމަޑުން ހުރިހާ ކަމެއްވެސް ދާނީ،"
ޗެރީ އޮން ޓޮޕް ލޭބަލްގެ ދަށުން ހެޔޮ އަގެއްގައި ކޭކާއެކު ޑެކަރޭޝަންގެ ހިދުމަތްވެސް ކުރިއަށް އޮތްތަނުގައި ދޭން ވިސްނާކަމަށް ޝަމްމަ ބުންްޏެވެ.