ހއ. މަނަފަރު ރިސޯޓުން އެ އަތޮޅު ދިއްދޫއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް މިއަދު ހެނދުނު އަޑިއަށް ހިނގައްޖެއެވެ.

ދެ މީހުންނާއެކު ދަތުރުކުރަމުން ދިޔަ "އަޒުމް" ނަމަކަށް ކިޔާ އެ ލޯންޗު އަޑިއަށް ދިޔައީ ހއ. ގައްލަންދޫ ކައިރިއަށެވެ.

ފުލުހުން ބުނީ، އެ ލޯންޗު ބަންޑުން ޖަހާލީ ދިއްދޫއިން މަނަފަރަށް ދިޔަ ބަޔަކު، އެ ރަށަށް ބޭލުމަށްފަހު އެނބުރި ދިއްދޫއަށް ދިޔަ މަގުމަތީގައި ކަމަށެވެ. އަދި އެ މީހުން ފުލުހުންގެ އެހީތެރިކަމާއެކު ސަލާމަތްކޮށް ދިއްދޫއަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތުދެއެވެ.

ދިއްދޫއިން ވާހަކަ ދެއްކި މީހަކު ބުނީ، އެ ލޯންޗު އަޑިއަށް ދިޔައީ ޖެހި ރާޅަކާއެކުގައި ކަމަށެވެ.